އޮޅުވާލައިގެން ފައިސާ ހޯދުމަށް 27 ކައިވެންޏެއް ކުރި އިންޑިއާގެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ.
ރަމޭޝް ކުމާރް ސްވައިން ނަމަކަށް ކިޔާ 66 އަަހަރުގެ މިފިރިހެންމީހާ ވަނީ އިންޑިއާގެ 10 ސްޓޭޓަކުން ތަފާތު 27 އަންހެނަކާ އޮޅުވާލައިގެން ކައިވެނިކޮށްފައެވެ. އޭނާ މިމީހުންނާ ކައިވެނިކޮށްފައިވަނީ ލޯބީގެގޮތުން ގުޅުމަށްފަހު އެތައް ވައުދެއް ވުމަށްފަހުގައިކަމަށް ވެއެވެ.
މިމައްސަލައިގައި އިންޑިއާގެ ފުލުހުން ބުނީ ރަމޭޝް ކުމާރަށް ބަލާލާފަވެސް އުމުރުން ދޮށީ މީހެއް ވައްތަރު ޖަހާކަމަށެވެ. ނަމަވެސް ސަރުކާރު ވަޒީފާއެއްގައި އުޅޭކަމަށް ބުނުމުން އޭނާ ކައިވެނި ކުރި މީހުންނާއި އެމީހުންގެ އާއިލާތަކުން އެއްވެސް ސުވާލެއް ނުކޮށް ރަމޭޝްއާއި ގުޅުން ބަދަހިކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި ރަމޭޝްގެ މަޅީގައި ޖެހުނު މީހުންގެ ފަރާތުން އެކިކަހަލަ ނާޖާއިޒު ފައިދާތައް އޭނާ ހޯދިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެގޮތުން މަކަރާއި ހީލަތުން ކެރަލާގެ 13 ބޭންކަކުން އެއް ކްރޯޑް އިންޑިއަން ރުޕީސް ނުވަތަ 1.3 މިލިއަން ޑޮލަރު ރަމޭޝް ވަނީ ހޯދާފައެވެ. އޭނާ މިކަންކޮށްފައިވަނީ 128 ކްރެޑިޓް ކާޑެއް ބޭނުންކޮށްކަމަށްވެއެވެ.
މީގެ އިތުރުން ދެކުއްޖަކު ޑޮކްޓަރުކަން ކިޔަވާ ކޯހުގައި ބައިވެރިކޮށްދިނުމަށްކަމަށް ބުނެ އެކުދިންގެ މައިންބަފައިންގެ އަތުން ދެ ކަރޯޑް އިންޑިއަން ރުޕީސް ރަމޭޝް ވަނީ ހޯދާފައެވެ. މިއީ 2.7 މިލިއަން އެމެރިކާ ޑޮލަރެވެ.
އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ބުނާގޮތުން ކޮވިޑާ ގުޅިގެން މިފަދައިން މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަތައް ވަނީ އިންޑިއާގައި އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު