ރަޝިޔާއިން މިއަދު ހެނދުނު ޔޫކްރެއިންގެ އިރުމަތީގައި ފެށި އަސްކަރީ އޮޕަރޭޝަނުގެ ތެރެއިން ޔޫކްރެއިންގެ އެއަރ ޑިފެންސް ނައްތާލައިފިއެވެ.

ރަޝިޔާ ޑިފެންސް މިނިސްޓްރީން ބުނީ ރަޝިޔާއިން ހަމަލާދެމުންދަނީ ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ. އަދި މިހަމަލާތައް ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް، މިސައިލް ފަދަ ހަމަލާތަކުން ރައްކާތެރިކަން ހޯދަން ޔޫކްރެއިނުން ގާއިމްކޮށްފައިވާ ވައިގެ ދިފާއީ ނިޒާމް ނައްތާލާފައިވާކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ރަޝިޔާއިން މިއަދު ހެނދުނު ޔޫކްރެއިނަށް ހަމަލާދޭން ފެށީ ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންގެ އެންގެވުމަށެވެ. އެގޮތުން އެތައް ހާސް ރަޝިޔާ ސިފައިން ވަނީ ތިން ދިމާލަކުން ޔޫކްރެއިނަށް ޙަމަލާ ދޭން ފަށައިފައެވެ.

ޔޫކްރެއިނަށް ދޭ ހަމަލާތަކާއި ގުޅިގެން އދ، ނޭޓޯ، އީޔޫ، އެމެރިކާ އަދި އިނގިރޭސިވިލާތާއި އެހެން ގައުމުތަކުންވެސް ދަނީ ރަޝިޔާގެ އަމަލުތައް ކުށްވެރިކުރަމުންނެވެ. އަދި ރަޝިޔާގެ ހަމަލާތައް ހުއްޓާލުމަށް ދަނީ ގޮވާލަމުންނެވެ. ނަމަވެސް ރަޝިޔާއިން މިކަމަށް އިޖާބަ ދީފައެއް ނުވެއެވެ.

ޔޫކްރެއިން ބުނާގޮތުން އެ ގައުމުން ދިން ހަމަލާތަކުގައި ރަޝިޔާގެ ބައެއް މަތިންދާބޯޓުތައް ވަނީ ވައްޓާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން