ރަޝިޔާއިން ޔޫކްރެއިނަށް ދިން ހަމަލާއަކުން ލިބިފައިވާ ގެއްލުން.
ރަޝިޔާއިން ޔޫކްރެއިނަށް ދިން ހަމަލާއަކުން ލިބިފައިވާ ގެއްލުން.
ރަޝިޔާއިން ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުގައި ފެށި އަސްކަރީ އޮޕަރޭޝަނުގެ ތެރެއިން ދެމުންދާ ހަމަލާތައް ވަރުގަދަކޮށް ޔުކްރެއިނުގެ ވެރިރަށާ ދިމާއަށް މިސްރާބުޖަހައިފިއެވެ.

ރަޝިޔާ އާއި ޔޫކްރޭނާ ދެމެދުގައި މަސްރަޙު ހޫނުވެ ރަޝިޔާއިން ޔޫކްރޭންގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭންފެށީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެގޮތުން ޔުކްރެއިނުގެ އިރުމަތީ ސަރަހައްދަށް އަރަން ނިންމިކަން އިއުލާންކުރިތާ ބައިގަޑިއިރުތެރޭގައި ރަޝިޔާގެ ސިފައިން ވަނީ ބެލަރޫސް އަދި ކްރައިމިއާ ބޯޑަރުގެ ތެރެއިން ޔޫކްރެއިންގެ އިރުމައްޗަށް ވަދެފައެވެ.

އެއްގަމު މަގުގެ އިތުރުން، ވައިގެ މަގުންނާއި، ކަނޑުމަގުން ރަޝިޔާގެ ސިފައިން ޔުކްރެއިނަށް ހަމަލާ ދެމުންދާއިރު މިހާތަނަށް 160 މިސައިލު ހަމަލާ ރަޝިޔާއިން ވަނީ ދީފައެވެ.

ޔުކްރޭންގެ ވެރިރަށް ކިއެވާއި ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޚަރްކިވާއި އެ ގައުމުގެ އެހެން ސަރަހައްދުތަކަށް ރަޝިޔާއިން ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު ޔުކްރެއިނުގެ ސިފައިން ލަފާކުރާ ގޮތުގައި މިހާރު ރަޝިޔާގެ އަމާޒު ހުރީ ޔުކްރެއިނުގެ ވެރިރަށް ކިއެވުން ފެށިގެން ޔުކްރެއިނުގެ ދެކުނު އައްސޭރި ސަރަހައްދުގައި އޮންނަ މޮލްޑޯވާ އާއި ހަމައަށް އެ ސަރަހައްދު ބަންދުކޮށް ބިން ފޭރިގަތުމަށެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކުން ގައުމު ދިފާއުކޮށް ހަމަލާ ދިނުމަށް ޔުކްރެއިންގެ ރައީސް ވެސް ވަނީ ގޮވާލައްވާފައެވެ. އެގޮތުން ޔުކްރެއިންގެ ހަމަލާތައް ވަރުގަދަކުރުމަށް އެމެރިކާއިން އެހީގެގޮތުގައި ހަތިޔާރު ފޮނުވުމަށް ނިންމާވާފައިވާކަމުގެ ޔަގީންކަން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެންގެ ފަރާތުން ޔުކްރެއިނުގެ ދާޚިލީ ވަޒީރަށް އަރުވާފައިވާކަމަށްވެއެވެ.

މީގެއިތުރުން ރަޝިޔާގެ ހަމަލާތަކާއެކު، ޔުކްރެއިނުގެ 100،000 އަށްވުރެ ގިނަ މީހުން އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވެފައިވާކަމަށް އދ ގެ ރެފިއުޖީ އޭޖެންސީއިން ވަނީ ހާމަކޮށްފައެވެ. މީގެތެރެއިން ގިނަ ބަޔަކު ދަތުރުކޮށްފައިވަނީ ޔުކްރެއިނުގެ އަވަށްޓެރި ރޮމޭނިއާ އަދި މޮލްޑޯވާ އަށްކަމަށްވެސް އދ ގެ ރެފިއުޖީ އޭޖެންސީން ހާމަކޮށްފައިވެއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް ޔޫރަޕްގެ ބޮޑެތި ގައުމުތަކުން ކުއްވެރިކުރަމުންދާއިރު މިހަމަނުޖެހުމަކީ މުޅި ޔޫރަޕަށް ހުރި ބިރެއްކަން ޔޫރަޕްގެ ބޮޑެތި ގައުމުތަކުގެ ވެރިން ދަނީ ފާހަގަ ކުރަމުންނެވެ. އެގޮތުން ޔުކްރެއިނުގައި 15 އެކްޓިވް ނިއުކްލިއަރ ރިއެކްޓަރ ގާއިމުކޮށްފައިވާއިރު، ނިއުކްލިއަރ ރިއެކްޓަރަކަށް ހަމަލާއެއް އަމާޒުވެއްޖެނަމަ ޔުކްރެއިނުގެ އިތުރުން ޔޫރަޕުގެ އެހެން ގައުމުތަކަށް މިހަމާލެ އަސަރުތައް ކުރާނެކަމަށްް ޔޫރަޕްގެ ބޮޑެތި ގައުމުތަކުން ބުނެއެވެ.

ރަޝިޔާއާއި ޔޫކްރެއިންގެ މައްސަލަ މިފަހުން ހޫނުވާން ފެށީ ނޭޓޯއާ ގުޅުމުގެ ވާހަކަ ޔޫކްރެއިންގެ ވެރިން ފާޅުކަން ބޮޑު ގޮތެއްގައި ދައްކަން ފެށުމުންނެވެ. އެހާހިސާބުން ރަޝިޔާގެ އަސްކަރީ ފައުޖުތައް މިދިޔަ އަހަރު ޔޫކްރެއިނާ ދިމާއަށް އިރުމައްޗަށް ޖައްސަން ފެށިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން