ޔުކްރެއިނުގެ ގާއިމުކޮށްފައިވާ މަޝްހޫރު ޗަނޯބަލް ނިއުކްލިއަރ ޕްލާންޓް ރަޝިއާގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ޗަނޯބަލް ނިއުކްލިއަރ ޕްލާންޓް މަޝްހޫރުވެގެންގޮސްފައިވަނީ 1986 ވަނަ އަހަރު އެޕްލާންޓުގައި އެއްޗެއް ގޮވައި ހިނގާދިޔަ ހާދިސާގައި އެތައް ބަޔަކަށް ނިއުކްލިއަރ ރޭޑިއޭޝަނުގެ އަސަރުކޮށް ގިނަ ބަޔަކު މަރުވެފައިވާތީއެވެ.
އެގޮތުން ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކުރުމާއެކު 1986 ވަނަ އަހަރު ހިނގާދިޔަ ފަދަ ދެވަނަ ހާދިސާއެއް ހިނގާފާނެ ކަމުގެ ބިރުއޮތްކަމުގެ އިންޒާރު ޔުކްރެއިނުގެ ރައީސް މީގެ ކުރިން ވެސް ދީފައިވެއެވެ. އަދި ޗަނޯބަލް ނިއުކްލިއަރ ޕްލާންޓަށް ހަމަލާއެއް އަމާޒުވެއްޖެނަމަ ކުރިން ހިނގާދިޔަ ހާދިސާއަށް ވުރެ ކުރާ އަސަރު ބޮޑުވެ މުޅި ޔޫރަޕަށް ގެއްލުމުގެ އަސަރު ކުރާނެކަމަށް ޔުކްރެއިނުގެ ވުޒާރާތަކުން މީގެ ކުރިން ވަނީ ފާހަގަކޮށްފައެވެ.
1986 ވަނަ އަހަރު ޗަނޯބަލް ނިއުކްލިއަރ ޕްލާންޓުގައި ހިނގާދިޔަ ހާދިސާއަށްފަހު އެޕްލާންޓުގެ ވަށައިގެން 32 ކިލޯމީޓަރު ދުރަށް އަދިވެސް އެއްވެސް ދިރުމެއް ނުވެއެވެ. އަދި 2000 ވަނަ އަހަރު މިޕްލާންޓުގެ ތިން ރިއެކްޓަރސް ނިއްވާލެވިފައިވީ ނަމަވެސް ނިއުކްލިއަރ ޕްލާންޓުން ލީކުވަމުންދާ ރޭޑިއޭޝަން އަދިވެސް ނުރައްކާތެރި މިންވަރަކަށް ލީކުވަމުންދާކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. އެގޮތުން މިޕްލާންޓް ހުންނަ އަވަށް އަދިވެސް ވަނީ ފަޅުވެފައެވެ.
ޗަނޯބަލް ނިއުކްލިއަރ ޕްލާންޓް ގާއިމުކޮށްފައިވަނީ ޔުކްރެއިނުގެ ވެރިރަށުގެ އުތުރުން 130 ކިލޯމީޓަރު ދުރުމިނުގައެވެ. އެގޮތުން މިޕްލާންޓު ހިފުމާއިއެކު ޔުކްރެއިނުގެ ވެރިރަށް ރަޝިޔާއިން ހިފުމާ ގާތަށް ކާމިޔާބުވަމުންދާކަމަށް ގިނަބަޔަކު ދަނީފާހަގަ ކުރަމުންނެވެ.
ރަޝިޔާއިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޔުކްރެއިނުގެ 137 ސިފައިން ވަނީ މަރުވެފައެވެ. އަދި 300 އަށްވުރެއް ގިނަ ސިފައިން ޒަހަމްވެފައިވާކަމަށް ޔުކްރެއިނުން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު