މާޝާ މިދުހަތު   25 ފެބްރުއަރީ 2022 - 11:54
ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ނިއުޒިލޭންޑުން ކުށްވެރިކޮށް ދާޚިލީ ގުޅުން ކަނޑާލާނެކަމުގެ އިންޒާރުދީފިއެވެ.

ނިއުޒިލޭންޑުގެ ބޮޑުވަޒީރު ޖާސިންދަ އާޑާރން އާންމުކުރި ބަޔާނެއްގައި ޔުކްރެއިނަށް ދެމުންދާ ހަމަލާތަކަކީ އެއްވެސް ބޭނުމެއްނެތް ހަމަލާތަކެއްކަމަށް ސިފަކުރައްވާ މިހަމަލާތައް ވަގުތުން ވަގުތައް ހުއްޓާލުމަށް ގޮވާލައްވާފައިވެއެވެ.

އަދި ހަމަލާތައް ނުހުއްޓައިފިނަމަ، ރަޝިޔާ އާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ނިއުޒިލޭންޑުން ހާމަކޮށްފައިވެއެވެ.

އެގޮތުން ރަޝިޔާގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި، ރަޝިޔާއިން ދެމުންދާ ހަމަލާތަކަށް ބާރުދޭ އާންމު ފަރުދުންނަށް ނިއުޒިލޭންޑަށް ދަތުރު ނުކުރެވޭނެ ފަދަ ގަވާއިދެއް އެކުލަވާލާނެކަމަށް ނިއުޒިލޭންޑުން ހާމަކޮށްފައިވެއެވެ. މިގަވާއިދުގެ ދަށުން ވިސާ ނުލިބުމުގެ އިތުރުން ނިއުޒިލޭންޑަށް ޓްރާންސިޓްވެސް ނުވެވޭނެއެވެ.

އަދި ރަޝިޔާގެ މިލިޓަރީ ބާރުތަކަށް އެހީގެ ތަކެތި އެކްސްޕޯޓު ކުރުން ހުއްޓާލައި ދެގައުމުގެ ދާޚިލީ ގުޅުންތައް ވަގުތީގޮތުން ސަސްޕެންޑު ކުރާނެކަމަށްވެސް ނިއުޒިލޭންޑުން ހާމަކޮށްފައިވެއެވެ.

މިފަދަ ގަވާއިދަކާއެކު ދައްކައިދޭން ބޭނުމީ ބައިނަލް އަގުވާމީ އެހެން ގައުމުތަކެކޭ އެއްފަދައިން ނިއުޒިލޭންޑުވެސް ރަޝިޔާގެ އަމަލުތައް ކުށްވެރިކުރާކަން ކަމަށް ނިއުޒިލޭންޑުގެ ބޮޑުވަޒީރު ޖާސިންދަ އާޑާރން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން