ހަނގުރާމަ ކުރުމާ ދެކޮޅަށް ރަޝިޔާގައި ކުރިއަށްދާ މުޒާހަރާތައް ރޫޅާލައި އެތައްހާސް ބަޔަކު ހައްޔަރުކޮށްފިއެވެ.
ރަޝިޔާގައި ކުރިއަށްދާ މުޒާހަރާތަކަކީ އެގައުމުން ޔުކްރެއިނު ހިފުމަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކުރުމާއެކު، މިހަމަލާތައް ހުއްޓުވުމަށް ގޮވާލާ ކުރަމުންދާ މުޒާހަރާތަކެކެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ޔުކްރެއިނާ އެކުގައި ތިބިކަމަށް ބުނެފައެވެ.
މިމުޒާހަރާތައް ރަޝިޔާގެ 85 ސިޓީއެއްގައި ކުރިއަށްދާއިރު، މުޒާހަރާތައް ރޫޅާލުމަށް ރަޝިޔާގެ ފުލުހުން ކުރި މަސައްކަތުގެ ތެރެެއިން ފުލުހުންނާ ދެކޮޅުހެދި 1800 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ރަޝިޔާގެ އާންމުންގެ މެދުގައި ރަޝިޔާ ސަރުކާރުން ހަމަލާ ދިނުމާމެދު ހިޔާލު ތަފާތު ވުންތަކެއް އޮތް ކަމުގައި ވީނަމަވެސް، ރަޝިޔާއިން ވަނީ އެގައުމުން ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށްވެސް ހަމަލާތައް އަމާޒުކޮށްފައެވެ. އެގޮތުން މިހާތަނަށް ޔުކްރެއިނުގެ ލައްކަ އަކަށް ވުރެއް ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވެފައެވެ.
މިހަމަލާތަކުގައި އާންމުންނާއި ސިފައިން ހިމެނޭހެން ޔުކްރެއިންގެ 137 މީހަކު ވަނީ މަރުވެފައެވެ. އަދި އާންމުންނާއި ސިފައިން ހިމެނޭހެން 300 އަށްވުރެ ގިނަ މީހުން ވަނީ ހަމަލާތަކުގައި ޒަހަމްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު