ރަޝިޔާއިން ދެމުންދާ ހަމަލާތައް ވަރުގަދަކޮށް ޔުކްރެއިނުގެ ވެރިރަށް ކިއެވަށް ވައިގެ ހަމަލާދީފާނެކަމަށް ސަމާލުވުމަށް އަންގައިފިއެވެ.
އެގޮތުން ވައިގެ ހަމަލާތަކަށް ސަމާލުވުމަށް ޔުކްރެއިނުގެ ސަރުކާރުން ވަނީ ކިއެވްގައި ސައިރެން އަޅަން ފަށާފައެވެ. މީގެ އިތުރުން ހޮނިހިރު ދުވަހުން ފެށިގެން ޔުކްރެއިނުގެ ވެރިރަށުގައި ކާފިއުވެސް ވަނީ އިއުލާންކޮށްފައެވެ.
ހޯމަ ދުވަހާއި ހަމައަށް އިއުުލާންކޮށްފައިވާ ކާފިއުގެ ވަގުތުގައި، (ހަވީރު 5:00 އިން ހެނދުނު 08:00 އަށް) މަގުމަތީގައިގައި އުޅޭ ފަރާތްތަކަކީ ދުޝްމަނުންނަށް އެއްބާރުލުން ދޭފަރާތައް ކަމަށް ކިއެވް ސިޓީިގެ މޭޔަރު ވަނީ ވިދާޅުވެފައެވެ.
ޔުކްރެއިނަށް ހަމަލާ ދެމުންދާ ރަޝިޔާއިން ޔުކްރެއިނުގެ ވެރިރަށް ހިފުމަށް އަމާޒުހިފާފައިވާއިރު، ރަޝިޔާގެ ސިފައިން މިހާރު ވަނީ ކިއެވްގެ އޮބޮލޯން އަވަށަށް ވަދެ، ކިއެވަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައެވެ. އޮބޮލޯން އަވަށަކީ ކިއެވް ސިޓީގެ މައި ސަރަހައްދާއި ހަމޭލެއްހާ ދުރުން އޮންނަ އަވަށެކެވެ.
ކިއެވަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ރަޝިޔާއިން ދަނީ އާންމުން ދިރިއުޅޭ ސަރަހައްދުުތަކަށްވެސް ހަމަލާތައް ދެމުންނެވެ. އެގޮތުން އާންމުން ދިރިއުޅޭ ބައެއް އިމާރާތްތައް މިހަމަލާތަކުގައި ބިމާހަމަވެފައިވެއެވެ.
ރަޝިޔާގެ ހަމަލާތަކުގައި މިހާތަނަށް ޔުކްރެއިނުގެ 198 މީހަކު މަރުވެފައިވާކަމަށް ޔުކްރެއިނުގެ ހެލްތު މިނިސްޓަރ ވަނީ އިއުލާންކުރައްވާފައެވެ. އަދި މިހަމަލާތަކުގައި 1000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު