ބިއުޓީ ސީކްރެޓްސްގެ އާ ފިހާރަ: އެ ފިހާރަ ހުންނަނީ ބުރުޒުމަގު އަހުމަދިއްޔާ ސުކޫލް ކުރިމަތީގައި
ބިއުޓީ ސީކްރެޓްސްގެ އާ ފިހާރަ: އެ ފިހާރަ ހުންނަނީ ބުރުޒުމަގު އަހުމަދިއްޔާ ސުކޫލް ކުރިމަތީގައި
ރީތިވާ ސާމާނު ނުވަތަ ކޮސްމެޓިކްސްގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކުމުގައި އާންމުންގެ ބޮޑު މަގުބޫލް ކަމެއް ހޯދާފައިވާ ބިއުޓީ ސީކްރެޓް އެމްވީގެ ރަމަޟާން ސޭލް ފަށައިފިއެވެ.

އަންނަ ރަމަޟާން މަހާއި ދިމާކޮށް ކަސްޓަމަރުން ހީނުކުރާ ވަރުގެ ހެއު އަގުތަކެއްގައި ބިއުޓީ ސީކްރެޓް އެމްވީގެ ރަމަޟާން ސޭލްގައި ތަކެތީގެ އަގުތައް ހެއޮކޮށް ވިއްކަން ފަށާފައިވަނީ އިއްޔެއެވެ.

އިއްޔެ އިން ފެށިގެން އަންނަ އޭޕްރީލް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބިއުޓީ ސީކްރެޓް ފިހާރައިން ކުރާ ކޮންމެ ވިޔަފާރިއަކުން 50 ޕަސެންޓްގެ ބޮޑު ޑިސްކައުންޓެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. ދިވެހިންގެ މަގުބޫލްކަން ހޯދާފައިވާ އެންމެ ފަހުގެ މަޝްހޫރު ކޮސްމެޓިކްގެ އެތަށް ބްރޭންޑްތަކެއް ލިބޭ އެ ފިހާރަ ހުންނަނީ ބުރުޒުމަގު އަހުމަދިއްޔާ ސުކޫލު ކުރިމަތީގައެވެ.

ބިއުޓީ ސީކްރެޓްސް ފިހާރައިން ލިބޭ އެކި ބާވަތްތަކުގެ ތެރޭގައި މުޅިން ކޮލާޖަން ޕްރޮޑަކްޓާއި ވިޓަމިން އީ ޕްރޮޑަކްޓާއި ގުދުރަތީ އެކި ކަހަލަ މާއްދާތައް ހިމެނޭ ޕްރޮޑަކްޓްތައް ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރާ މެލޭޝިޔާގެ މޮޅު އުފެއްދުމެއް ކަމަށްވާ ޓެމްލާވޯކް ޕްރޮޑަކްޓްގެ ބާވަތްތައް ވެސް އެންމެ އަގުހެޔޮކޮށް ވިއްކަނީ ބިއުޓީ ސީކްރެޓްސްއިންނެވެ.

މާލޭގައި ހުންނަ ބިއުޓީ ސީކްރެޓް ފިހާރައިން ރީތިވުމަށް ބޭނުންވާ ސާމާނުގެ އިތުރުން، ހަށިގަނޑަށް ގެއްލުމެއް ނުލިބި ބޭނުން ސައިޒަކަށް މީހާ ހިއްކާލާ ކުޑަކޮށްލަން ބޭނުންވާ އެކިއެކި ކޮލިޓީ ޕްރޮޑެކްތައްވެސް ލިބެން ހުރެއެވެ.

މީގެތެރޭގައި މިދެންނެވި ގޮތަށް ހަށިގަނޑު ހިއްކާލަދޭ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ގުޑް ވާޗިއުސް ކޯގެ ފޭސް އަދި ބޮޑީގެ ހުރިހާ ޕްރޮޑަކްޓެއްވެސް ވިއްކަނީ ބިއުޓީ ސީކްރެޓްސް ފިހާރައިންނެވެެ. އޭގެ އިތުރުން މޫނު ދޮންކޮށްލާ އެކި ބާވަތްތަކުގެ ކްރީމްތަކާއި މޫނުގެ ހަންގަޑު އަލިކޮށް ސާފުކޮށް، އަރާމް ލިއްބައިދޭ ފޭސް ވޮޝް އަދި ފޭސް ސްކަރަބާއި ބޮޑީ ސްކްރަބްވެސް އެންމެ އަގުހެޔޮކޮށް ވިއްކާ ފިހާރައަކީ ބިއުޓީ ސީކްރެޓްސް އެވެ.

ބިއުޓީ ސީކްރެޓްސް ފިހާރައިން ލިބެން ހުންނަ ސާމާނުގެ ތެރޭގައި ހަންގަނޑުގެ ދުޅަހެޔޮކަމާއި ރީތިކަމާއި ޒުވާންކަން ދަމަހައްޓައިދިނުމަށް އެހީވެދޭ ތަފާތު ޕްެރޮޑަކްޓްސްއާއި އިސްތަށި ފޭބުމާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް އެހީވެދޭ އޮރިޖިނަލް ކޮލިޓީ ޕްރޮޑަކްޓް ތަކުގެ އިތުރުން މޭކަޕް ކުރުމަށް ބޭނުންކުރާ އެކި އެކި ސާމާނު ވެސް ހިމެނެއެވެ.

މާބޮޑު ބުރައެއް ނޫފުލައި މީހާ ލޫޅާފަތިކޮށްލައި، ހަށިގަނޑުގެ ބައްޓަން ރީތިކޮށްލަން ބޭނުން ނަމަ އެކަމަށް އެންމެ ޔަގީން އަދި ފެންވަރު ރަނގަޅު ބާވަތްތައް ލިބެން ހުރީ ބިއުޓީ ސީކްރެޓްސްގެ ފިހާރަތަކުން ނެވެ.

ރީޓެއިލް ކޮށާއި އަދި ހޯލްސޭލްކޮށް ވެސް ރީތިވާ ސާމާނާ، ކޮސްމެޓިކްސްގެ ފެންވަރު ރަނގަޅު އެކި ބާވަތްތައް އެންމެ އަގުހެޔޮކޮށް މިހާރު ލިބެން ހުރީ ބިއުޓީ ސީކްރެޓްސްގެ ފިހާރަތަކުންނެވެ. މީގެ އިތުރުން ފިހާރައަށް ޒިޔާރަތް ނުކުރެވޭނަމަ ބިއުޓީ ސީކްރެޓްސްގެ، 9744014 ނަންބަރު ފޯނަށް ގުޅާލުމުން ގަންނަ ޕްރޮޑަކްޓްތައް ހިލޭ ޑެލިވަރީ ކޮށްދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެެވެ.

އެތަނުން ވިއްކާ ހުރިހާ ޕްރޮޑަކްޓަކީވެސް ފެންވަރު ރަނގަޅު އަދި އެއްވެސް ސައިޑް އިފެކްޓެއް ނުހުންނަ އޮރިޖިނަލް ޕްރޮޑްކްޓް ކަމުގެ ޔަގީންކަން ބިއުޓީ ސީކްރެޓް އެމްވީން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން