އަހުމަދު ޝާހް   28 ފެބްރުއަރީ 2022 - 14:55
މާލޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާ
މާލޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާ
މާލޭގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބުނީ މ. ޑޯންލައިޓް ހައުސް 5 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެޙާދިސާ ހިނގި ތަނަށް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ބޭފުޅުން 06:15 ހާއިރު ދިޔައިރު އަލިފާން ނިއްވާލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، ކައްކަން އުނދުންމައްޗަށް އުދާފައި ހުރި ތެޔޮ ތާހެއްގައި ހުޅުހިފުމުން، ބަދިގޭގެ ހުޑާއި ކަބަޑުގައި އަލިފާން ރޯވެގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެމްއެންޑީއެފުން ބުނީ މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން