ފްރަންޓްްްލައިން ގައި މަސައްކަތް ކުރާ ޗައިނާގެ ސިއްހީ އެހީތެރިން
ފްރަންޓްްްލައިން ގައި މަސައްކަތް ކުރާ ޗައިނާގެ ސިއްހީ އެހީތެރިން
ކޯވިޑް-19 ފެށުން ކަމަށް ބެލެވިފައިވާ ވޫހާންގެ ހޫނާން ސީފުޑް މާކެޓް އަކީ އެބަލީގެ ފެށުމަށް ނުވެދާނެކަން، ޗައިނާގެ ސައިންސްވެރިންގެ އެންމެ ފަހުގެ ދިރާސާ ތަކާ ހަވާލާދީ ގްލޯބަލް ޓައިމްސް އިން ބުނެފިއެވެ.

މިއާއެކު ހުނާން ސީފުޑް މާކެޓް އަކީ ކޯވިޑް-19 ގެ ފެށުމުގެ އަސްލަކަށްނުވެ، މިސަރަހައްދަކީ މި ބަލީގެ ޝިކާރައެއްކަމަށް ޗައިނީސް ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ގެ ޑިރެކްޓަރ ވަނީ ހާމަކުރައްވާފައެވެ.

ސައިންސްވެރިން ގެ ދިރާސާގެ ތަހުލީލުތައް ހެދުމުގައި ޗައިނާގެ ޝަންހާއި ސިޓީގައި ބަލިޖެހިފައިވާ 326 މީހެއްގެ ސާމްޕަލް ނަގާފައިވެއެވެ. މިގޮތުން، ނެގުނު ސާމްޕަލްތައް ދެބަޔަކަށް ބަހާލެވި މި ތަހުލީލުތަކުގައި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބަލިޖެހުނު މީހުންގެ ސާމްޕަލް ތައްވެސް ބޭނުން ކުރެވިފައިވެއެވެ.

ސައިންސްވެރިންގެ މި ދިރާސާ އިން ދައްކާގޮތުގައި، ބަލި ޖެހިފައިވާ ގިނަ ބަޔަކު ވޫހާންގެ ހުނާން ސީފުޑް މާކެޓާ ގުޅުން އޮތް ކަމުގައި ވީނަމަވެސް، ވޫހާންގެ ހުނާން ސީފުޑް މާކެޓާ އެއްވެސް ގޮތަކަށް ގުޅުމެއް ނެތް، ބަލި ޖެހުނު އެހެން ބަޔަކާ ވެސް ގުޅުމެއް ނެތް މީހުން ކޯވިޑް-19 އަށް ފައްސިވެފައިވެއެވެ.

ނަމަވެސް، މިބަލި އިތުރަށް ފެތުރި، އާލަމީ ވަބާއަކާ ހަމައަށް ދިއުމަށް ވޫހާން ސަރަހައްދުގެ ޒިންމާ ބޮޑުކަމަށް ސައިންސްވެރިން ފާހަގަ ކުރައްވާފައިވެއެވެ.

މިދިރާސާ ކުރެވިފައިވަނީ ޝަންހާއި ޕަބްލިކް ހެލްތު ކްލިނިކަލް ސެންޓަރ އަދި ނެޝަނަލް ރިސަރޗް ސެންޓަރ ފޯ ޓްރާންސްލޭޝަނަލް މެޑިސިން އާ ގުޅިގެންނެވެ. މިދިރާސާގެ ޕްރީ ރިވިއު އެއް، މިމަހު 20 ގައި ނޭޗާ މެގަޒިން ގައި އާންމު ކޮށްފައިވެއެވެ.

މިހާތަނަށް، މުޅި ދުނިޔެއިން ކޮވިޑް-19 އަށް 5 މިލިއަނަށް ވުރެ ގިނަ މީހުން ފައްސިވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން