ހައިޑްރޮކްސީކްލޯރޮކުއިން ބޭނުން ކުރުން ހުއްޓާލަން ބައެއް ގައުމުތަކުން މިހާރުވަނީ ނިންމާފައި
ހައިޑްރޮކްސީކްލޯރޮކުއިން ބޭނުން ކުރުން ހުއްޓާލަން ބައެއް ގައުމުތަކުން މިހާރުވަނީ ނިންމާފައި
ބޭހުގެ ގެއްލުންތަކާމެދު އުފެދުނު ސުވާލު ތަކުން ބިރުހީވެ، ފްރާންސް، އިޓަލީ، އަދި ބެލްޖިއަމް ގައިވެސް މެލޭރިޔާ އަށް ފަރުވާ ކުރުމަށް ބޭނުން ކުރާ ހައިޑްރޮކްސީކްލޯރޮކުއިން ބޭނުންކޮށްގެން ކޯވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުން ހުއްޓާލައިފި ކަމަށް ރޮއިޓާސްއިން ހާމަ ކޮށްފިއެވެ.

މިގޮތުން، ބެލްޖިއަމް އަދި އިޓަލީ ގައިވެސް ހައިޑްރޮކްސީކްލޯރޮކުއިން ބޭނުން ކުރަމުންދާނީ ހަމައެކަނި ކްލިނިކު ތަކުގައި އަޖުމަބަލައި ތަހުލީލު ކުރުމަށް ކަމަށް ބެލްޖިއަމް އަދި އިޓަލީގެ ސިއްހީ މާހިރުން ހާމަކޮށްފައިވެއެވެ.

މިގޮތަށް މިގައުމުތަކުން ނިންމަވާފައިވަނީ މެލޭރިޔާ އަށް ފަރުވާ ކުރުމަށް ބޭނުން ކުރާ ހައިޑްރޮކްސީކްލޯރޮކުއިން ބޭނުން ކުރުމުން އިތުރު ގެއްލުން ތަކެއް ލިބޭ ކަމަށް ބުނެ ނެރެވުނު ނުރަސްމީ ދިރާސާ އަކާއި ގުޅިގެން ގިނަބައެއްގެ މެދުގައި ބޭހާއިމެދު ސުވާލު އުފެދި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް، ހައިޑްރޮކްސީކްލޯރޮކުއިން ބޭނުންކޮށްގެން ކޯވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުން ހުއްޓާލުމަށް އަންގާފައިވާ ދަނޑިވަޅެއްގައެވެ.

ނަމަވެސް ފްރާންސްގެ ހެލްތު މިނިސްޓްރީއިން ހައިޑްރޮކްސީކްލޯރޮކުއިން ބޭނުންކޮށްގެން ކޯވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުން ހުއްޓާލުމަށް އަންގާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރެފައިވާ އެންގުމަކަށް ނޫންކަމަށް އެގައުމުން ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން