ޔޫރަޕުގެ އެންމެ ބޮޑު ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ރަޝިޔާއިން ހަމަލާދީފިއެވެ.

ޔުކްރެއިނުގައި ހުންނަ ޒެޕޮރީޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓުގެ އިސްތަރުޖަމާނު އެންޑްރީ ޓުޒް ހާމަކޮށްފައިވާގޮތުގައި ރަޝިޔާގެ ބޮމުގެ ހަމަލާތަކުން ޕަވަރ ޕްލާންޓުގެ ހަރިއެކްޓަރެއްގައި ވަނީ އަލިފާން ރޯވެފައެވެ. އަދި މިރިއެކްޓަރ ތަކަކީ އޮޕަރޭޓް ނުކުރާ ރިއެކްޓަރ ތަކެއްކަމަށްވިއަސް ނިއުކްލިއަރ ފިއުލް ރައްކާކޮށްފައިވާކަމަށް އެންޑްރީ ޓުޒް ބުނެފައިވެއެވެ.

އަދި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް އަލިފާން ނިއްވާ މީހުންނަށް އެސަރަހައްދަށް ގާތް ވުމަށް ގޮންޖެހުތަކެއް ހުރިކަމަށާއި، ގާތްވާން މަސައްކަތް ކުރާ މީހުންނަށް ހަމަލާ އަމާޒުވަމުންދާކަމަށްވެއެވެ.

މީގެއިތުރުން މި ޕްލާންޓް ހުންނަ ސަރަހައްދުން ރޭޑިއޭޝަންގެ އަސަރު އިތުރުވަމުންދާކަމަށް ޔުކްރެއިން ސަރުކާރުގެ އޮފިޝަލަކު ހާމަކޮށްފައިވެއެވެ.

ޒެޕޮރީޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓް ހުންނަ ޔުކްރެއިނުގެ އެނަރހޮދަރ ސިޓީއަށް ރަޝިޔާގެ ހަމަލާތައް ދެމުންދަނީ ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ. މިމަޝްވަރާތަކުގައި ޔުކްރެއިނުގައި ތާށިވެފައި ތިބި އާންމުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ރައްކާތެރި މަަގެއް ހާއްސަކުރުމަށް ދެގައުމުންވެސް އެއްބަސްވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން