ޔުކްރެއިނަށް ރަޝިޔާއިން ދެމުންދާ ހަމަލާ ތަކަކީ ސީރިޔާއަށްވެސް ދިން ފަދަ ނުރައްކާތެރި ހަމަލާތަކެއްކަމަށް ސީރިޔާގެ ރައްޔިތުން ސިފަކުރަން ފަށައިފިއެވެ.
ސީރިޔާއަށް މީގެ އަހަރު ތަކެއް ކުރިން ރަޝިޔާއިން ދިން ހަމަލާތަކުގެ ހަނދާން އާކުރަމުންދާ ސީރިޔާގެ ރައްޔިތުން ބުނަނީ ޔުކްރެއިނުގެ ރައްޔިތުން މިހާރު ތަޖުރިބާ ކުރަމުން އެދަނީ ސީރިޔާގެ ރައްޔިތުންވެސް ތަޖުރިބާ ކުރި ކަޅު ދުވަސްތަކެއްކަމަށެވެ.
"މީގެ އަހަރު ތަކެއް ކުރިން އަހަރުމެން ކުރި ތަޖުރިބާ ޔުކްރެއިނުގައި ރީޕްލޭ ވަމުންއެދަނީ." ސީރިޔާގެ ރައްޔިތަކު ބޭރުގެ މީޑިޔާއަކާއި ވާހަކަ ދައްކަމުން ބުންޏެވެ.
ރަޝިޔާއިން ސީރިޔާއަށް ވައިގެ ހަމަލާތައް ދޭންފެށީ 2015 ވަނަ އަހަރުއެވެ. މިހަމަލާތައް ދިނުމުގެ އެއްގަޑީރު ކުރިން ރަޝިޔާއިން ވަނީ ހަމަލާތަކުގެ އިންޒާރުވެސް ދީފައެވެ. ރަޝިޔާގެ ހަމަލާތައް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި، ހޮސްޕިޓަލް ތަކަށް އަމާޒުކޮށްފައިވާތީ ސީރިއާގެ ގިނަ އާންމު ރައްޔިތުން ވަނީ މަރުވެފައެވެ.
ރަޝިޔާއިން ސީރިޔާއަށް ދޭންފެށި ހަމަލާތަކާއެކު 2016 ވަނަ އަހަރު އދގެ ހިއުމަން ރައިޓްސް ކައުންސިލުގެ ގޮނޑިވެސް ރަޝިޔާއަށް ގެއްލިގެން ދިޔައެވެ.
"ބޮން ގޮވުމުގެ އަޑު ނުކެނޑޭ. މަގުމަތީގައި އޮތީ ލޭގެ ކޯރެއް ހެދިފަ. ނިދާލާއިރަށްވެސް ހޭލެވެނީ ވައިގެ ހަމަލާތަކުގެ ބާރުގަދަ އަޑުތަކަށް. ގެތައް ހީވަނީ ބިމާ ހަމަވެދާނެހެން ގުޑާ ވަރުން. ދަރިންގެ ރުއިމުގެ އަޑެއް ނުކެނޑޭ. މަރަށް އިންތިޒާރުކުރަން މަޖުބޫރުވި." ރަޝިޔާއިން ދިން ހަމަލާތަކުގެ ބިރުވެރިކަން ތަހައްމަލު ކުރަން ޖެހުނު ސީރިޔާގެ ރައްޔިތަކު ބުންޏެވެ.
ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު މީގެ އަހަރު ތަކެއް ކުރިން ސީރިޔާއަށް ހަމަލާދިން ފަދައިން ރަޝިޔާގެ ހަމަލާތައް މިހާރު އަމާޒުވެފައި ހުރީ ޔުކްރެއިނުގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށެވެ. ނަމަވެސް ރަޝިޔާއިން ބުނަނީ ހަމަަލާ ދޭނީ ހަމައެކަނި ޔުކްރެއިނުގެ ދިފާއީ ބާރު ކަނޑުވަން ސިފައިންނަށާއި، ސިފައިންގެ މަރުކަޒުތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު