ރަޝިޔާއިން ދެމުންދާ ހަމަލާތަކުން ސަލާމަތްވާން ޔުކްރެއިނުގެ 11 އަހަރުގެ ކުޑަކުއްޖަކު އެކަނިމާއެކަނި ޔުކްރެއިނުން ސްލޮވޭކިޔާއަށް ދަތުރުކޮށްފިއެވެ.

600 މޭލަށް އެކަނިމާއެކަނި ދަތުރުކުރި މިކުޑަކުއްޖާ ބޯޑަރު ސަރަހައްދުން ރެފިއުޖީންނަށް އެހީތެރިވާ ޓީމަކުން ހަވާލުވިއިރު، އޭނާގެ އަތުގައި އޮތީ ދަބަހަކާއި، ޕްލާސްޓިކް ކޮތަޅަކާއި، ޕާސްޕޯޓް އެކަންޏެވެ. ރެފިއުޖީންނަށް އެހީތެރިވާ ޓީމުން މިކުއްޖާއަށް އެހީތެރިވުމަށް ފަސޭހަވީ އޭނާގެ މަންމަ އޭނާގެ އަތުގައި ސްލޮވާކިޔާގައި ހުރި އާއިލާގެ މީހެއްގެ ނަމްބަރު ޖަހައިފައި އޮތުމުންނެވެ.

މި 11 އަހަރުގެ ކުޑަކުއްޖާގެ މަންމަ ހާމަކޮށްފައިވާ ގޮތުން، ދަރިފުޅު އެކަނި ފޮނުވާލަން ޖެހުނީ މަޖުބޫރުވެގެންނެވެ.

"އަހަރުމެން ދިރިއުޅޭ އަވަށާއި ޖެހިގެން އޮންނަ އަވަށުގައި ނިއުކްލިއަރ ޕަވަރޕްލާންޓެއް ގާއިމުކޮށްފައިވޭ. އެޕަވަރޕްލާންޓަށް ރަޝިޔާއިން ދަނީ ހަމަލާދެމުން." ކުޑަކުއްޖާގެ މަންމަ ބުންޏެވެ.

"އަހަންނަކަށް ނެތް އެނދުމަތިވެފައިވާ ބަލި މަންމައެއް ދޫކޮށްލާފަ ދެވޭކަށް. އެހެންވެ ދަރިފުޅު ރޭލަކަށް އަރުވައިފަ ފޮނުވާލީ ޔުކްރެއިން ސްލޮވޭކިޔާ ބޯޑަރު ސަރަހައްދަށް. އެސަރަހައްދުން އަހަރެންގެ ދަރިފުޅަށް ދަނީ އެހީތެރިވަމުން. އަހަރެންގެ އެދުމަކީ ޔުކްރެއިނުގައި ދިރިއުޅެމުންދާ ކުޑަކުދިން ސަލާމަތްކޮށް ރައްކާތެރިކޮށް ބެލެހައްޓައިދިނުން." ކުއްޖާގެ މަންމަ ބުނެފައި ވެއެވެ.

މިހާރު ޔުކްރެއިނު ބޯޑަރު ހުރަސްކޮށް ސްލޮވޭކިޔާއަށް އެތެރެވެފައިވާ ކުޑަކުއްޖާގެ ދިގުދަތުރަށް ކުރި ހިތްވަރަށް އޭނާ އަކީ "ޓްރޫ ހީރޯ" އެއްކަމަށް ގިނަބަޔަކު ދަނީ ސިފަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން