ރަޝިޔާއަށް ހިދުމަތްދެމުންދާ ކޮކާކޯލާ އަދި މެކްޑޮނަލްޑްސް ކުންފުނި ބޮއިކޮޓް ކުރަން މީސްމީޑިއާގައި ގޮވާލަންފަށައިފިއެވެ.

މިދެ ކުންފުނި ބޮއިކޮޓް ކުރަން ގޮވާލަމުން ދަނީ ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ކުށްވެރިނުކޮށް، ރަޝިޔާއަށް އަދިވެސް ހިދުމަތްދެމުންދާތީއެވެ. އެގޮތުން މެކްޑޮނަލްޑްސްގެ 800 އަށްވުރެ ގިނަ އައުޓްލެޓުން ދަނީ ރަޝިޔާގައި އަދިވެސް ހިދުމަތްދެމުންނެވެ.

ކޮކާކޯލާ އަދި މެކްޑޮނަލްޑްސް ކުންފުނި ބޮއިކޮޓް ކުރަން ގޮވާލަމުންދާއިރު، ރަޝިޔާގައި ހިދުމަތްދެމުންދާ ކޭއެފްސީ، ޕެޕްސީ، ސްޓަރބަކްސް، އަދި ބަރގަރ ކިންގްގެ އައުޓްލެޓްތައް ބަންދުކުރުމަށްވެސް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ.

ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، ރަޝިޔާއަށް ހިދުމަތްދިނުން ހުއްޓާލައިފައިވާ ވިޔަފާރިތަކުގެ ތެރޭގައި، އެޕަލް، ނެޓްފްލިކްސް، ޖަގުއަރ ލޭންޑް ރޯވާ، ކްރެޑިޓް ކާޑް ކުންފުނި ވިސާ އަދި މާސްޓަރ ކާޑުގެ އިތުރުން، ފެޝަން ބްރޭންޑް ޒާރާ އަދި ލީވައި ޖީންސް ހިމެނެއެވެ.

އަދި މީސްމީޑިޔާގެ ބައެއް އެޕްތައް ހިންގާ ކުންފުނިތަކުންވެސް ވަނީ ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ބައެއް ހިދުމަތްތައް ދިނުން ހުއްޓާލައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން