ދެއަހަރަށްފަހު މެލޭޝިޔާ ފަތުރުވެރިންނަށް ހުޅުވާލަން ނިންމައިފިއެވެ.

އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަތުރުވެރިންނަށް މަރުހަބާ ކިޔަން މެލޭޝިޔާ ތައްޔާރުވަމުންދަނީ އެގައުމުގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދެމުންދާ ލުއިތަކާއެކުއެވެ.

"އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޯޑަރުތައް ހުޅުވާލަން ސަރުކާރުން ވަނީ ނިންމާފައި. މިނިންމުމަކީ ފަތުރުވެރިކަމުގެ ސިނާއަތު އަލުން ކޮޅަށް ޖަހައި، އިގްތިސާދު ކުރިއެރުވުމަށް މުހިންމު ނިންމުމެއް ކަމަށް ބެލެވޭ." މެލޭޝިޔާގެ ބޮޑުވަޒީރު އިސްމާއިލް ސަބްރީ ވިދާޅުވިއެވެ.

ބޯޑަރުތައް ހުޅުވާލާއިރު މެލޭޝިޔާއަށް ދަތުރުކުރާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ ކަރަންޓީނުވާކަށް ނުޖެހޭނެއެވެ. ނަމަވެސް މެލޭޝިޔާއަށް ދަތުރު ކުރުމުގެ ދެދުވަސް ކުރިން ޕީސީއާރް ޓެސްޓެއް ހަދައި އޭގެ ނެގަޓިވް ނަތީޖާ އެއް ހުށައަޅަން ޖެހޭނެއެވެ. އަދި އެތެރެވުމަށްފަހު އެންޓިޖެން ޓެސްޓެއް ހަދަން ޖެހޭނެއެވެ.

ފަތުރުވެރިކަމަށް ބަރޯސާވާ މެލޭޝިޔާގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން 2020 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން