ކޮވިޑް ވެކްސިނުގެ ބޫސްޓަރ ޑޯޒު ޖެހުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން އިލްތިމާސްކޮށްފިއެވެ.

މީގެ ކުރިން ބޫސްޓަރ ޑޯޒު ޖެހުމުގައި އިސްކަން ދޭން ނުޖެހޭނެކަމަށް ސިއްހަތު ޖަމިއްޔާއިން ބުނި ބުނުން ބަދަލުކޮށް ބޫސްޓަރ ޑޯޒު ޖެހުމަށް ބާރު އަޅާ އެންގުމެއް އިއްޔެ ވަނީ އާންމުކޮށްފައެވެ. މިލިޔުމުގައި ވާގޮތުންނަމަ، ވީހާވެސް އަވަހަކަށް ކޮވިޑް ވެކްސިނުގެ ބޫސްޓަރ ޑޯޒު ޖެހުމަށް ސިއްހަތު ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ބޫސްޓަރ ޑޯޒު ޖެހުމުގައި ބަލިތަކަށް ހައި ރިސްކު މީހުންނަށް އިސްކަން ދިނުމަށް ސިއްހަތު ޖަމިއްޔާއިން ލަފާ ދީފައިވެއެވެ.

ބޭރުގެ އެކި ގައުމުތަކުން މިދިޔަ އަހަރު ކޮވިޑް ވެކްސިނުގެ ބޫސްޓަރ ޑޯޒު ޖަހަން ފެށުމާއިއެކު، ބޫސްޓަރ ޑޯޒު ޖެހުމަށްވުރެ މުހިންމީ ހުރިހާ އެންމެންނަށް ވެކްސިނުގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒު ފުރިހަމަ ކުރުން ކަމަށް ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފައިވީނަމަވެސް، މިއެންގުން ވަނީ އިއްޔެއިން ފެށިގެން ބަދަލުކޮށްފައެވެ.

ސިއްހަތު ޖަމިއްޔާއިން މިފަދަ ނިންމުމެއް ނިންމާފައިވަނީ މިހާރު ފެތުރެމުންދާ ކޮވިޑުގެ ނުރައްކާތެރި ވޭރިއަންޓާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން