ސްރީލަންކާގައި މަރުވި އެތަކަށް ސަރުކާރުގެ ފަރާތުން ހާއްސަ ޖަނާޒާއެއް ބާއްވައިފިއެވެ.
ރާޖާ ނަމަކަށް ކިޔާ މިއެތް މަރުވެފައިވަނީ އުމުރުން 68 އަހަރުގައެވެ. މިއެތަކީ ސްރީލަންކާގައި ބުދު ދީނުގެ ފަރާތްތަކުން މާތްކޮށްގެން ގެންގުޅޭ އެތެއްކަމަށްވެއެވެ.
1953 ވަނަ އަހަރު އިންޑިއާގެ މައިސޯރަށް އުފަންވި މިޖަނަވާރަކީ، މައިސޯރުގެ އޭރުގެ ރަސްގެފާނު، ސްރީލަންކާގެ ބޭސްވެރި މޮންކަކަށް ހަދިޔާކުރި އެތެކެވެ. މިއާއެކު މިއެތަށް ރާޖާގެ ނަމުން ނަންދީ، ބުދު ދީނުގެ މާތް ޖަނަވާރެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
އެގޮތުން ބުދު ދީނުގެ އަހަރީ ޕެރޭޑްތަކުގައިވެސް ރާޖާ ވަނީ ބޭނުންކޮށްފައެވެ.
މިއެތް މަރުވުމާ ގުޅިގެން ސްރީލަންކާގެ އެތައްބަޔަކު ކުރަމުންދާ ހިތާމައިގައި އެގައުމުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަނީ ބައިވެރިވެ ވަޑައިގެން، ހާއްސަ ޖަނާޒާ އެއް ބޭއްވުމަށް ހުށައަޅުއްވާފައެވެ. އަދި ރާޖާ އަކީ ސްރީލަންކާގެ ގައުމީ ހަޒާނާއެއް ކަމަށް ކަނޑައަޅައި ކުރިއަށް އޮތް ޖީލުތަކަށް ހާއްސަކޮށް އެތުގެ ހަށިގަނޑު ރައްކާތެރިކުރުމަށް ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު