މޭވާޔާ ތަރުކާރީ ގިނަގިނައިން ކެއުމަކީ ސިއްހަތަށް ވަރަށްވެސް ފައިދާހުރިކަމެކެވެ. ނަމަވެސް ހަކުރު މައްޗަށް ދާނަމަ ބައެއްކަހަލަ މޭވާ ކެއުމުގައި ސަމާލުވާންޖެހެއެވެ.

އެގޮތުން ހަކުރު ގިނަ މޭވާތައް ފާހަގަކޮށް އެފަދަ މޭވާ ކެއުމާ މަދުކޮށްލަން ޖެހެއެވެ. ނުވަތަ އެހެން ކާބޯތަކެތީގެ ތެރެއިން ހަށިގަނޑަށް ހަކުރު ގިނައިން ލިބޭ ބާވަތްތައް މަދުކޮށް ބެލަންސް ޑައިޓެށްގައި ފޮނި މޭވާ ހިމެނިދާނެއެވެ.

▪︎އަލަނާސި



އަލަނާސި އަކީ ހަކުރު ގިނައިން އެކުލެވޭ މޭވާއެކެވެ. އެއްތަށި އަލަނާސީގައި ގާތްގަނޑަކަށް 16 ގްރާމްގެ ހަކުރު އެކުލެވިގެންވާކަމަށް ސިއްހީ މާހިރުން ބުނެއެވެ. އެގޮތުން ހަކުރު މައްޗަށް ދާ ފަރާތްތަކުން ހާއްސަ ޑައިޓެއްގެ ދަށުން އަލަނާސި ކާނަމަ، އެހެން ކާބޯތަކެތީގެ ތެރެއިން ހަށިގަނޑަށް ހަކުރު ގިނައިން ލިބޭ ބާވަތްތައް މަދުކުރެވިދާނެއެވެ.

▪︎ވައްތީނި



ވައްތީނި ނުވަތަ ފިގް ވެސް މިއީ ގިނަ އަދަދަކަށް ހަކުރު އެކުލެވޭ މޭވާއެކެވެ. އެގޮތުން މިމޭވައަކީ ފޮނި ކާއެއްޗެހި ކައްކާއިރު ފޮނިކުރަން ބޭނުންކުރާ މޭވާއެކެވެ. އެއްތަށީގެ ވައްތީނިގައި ގާތްގަނޑަކަށް 29 ގްރާމްގެ ހަކުރު އެކުލެވިގެންވާކަމަށް ސިއްހީ މާހިރުން ބުނެއެވެ.

▪︎ޔޫސުފް އަފަނދި



ޔޫސުފް އަފަނދި ނުވަތަ މެންޑަރިން އަދި ޓެންޖަރިން މިއީ އޮރެންޖުގެ އާއިލާއަށް ނިސްބަތްވާ މޭވާއެކެވެ. މިމޭވާ އަކީ ބަލާބެލުމަށް ކިތަންމެ ކުޑަ މޭވާއެއް ކަމުގައިވިޔަސް ފޮނި މޭވާއެކެވެ. އެއްތަށީގެ ޓެންޖަރިންގައި ގާތްގަނޑަކަށް 20 ގްރާމްގެ ހަކުރު އެކުލެވިގެންވާކަމަށް ސިއްހީ މާހިރުން ބުނެއެވެ.

▪︎އަނބު



އަނބުގެ އެކި ވައްތަރުގެތެރެއިން ދޮން އަނބަކީ ފޮނިމޭވާއެކެވެ. ދޮން އަނބަކީ ހަކުރު ގިނައިން އެކުލެވޭ މޭވާއެކެވެ. އެއްތަށީގެ ދޮން އަނބުގައި ގާތްގަނޑަކަށް 23 ގްރާމްގެ ހަކުރު އެކުލެވިގެންވާކަމަށް ސިއްހީ މާހިރުން ބުނެއެވެ.

▪︎ކިވީ



ކިވީ އަކީ ފްރުޓް ސެލަޑް ތަކަށް ރީތި ކުލައެއް ގެނެސްދޭ މީރު މޭވާއެކެވެ. ހުތް ފޮނި މިމޭވާ އަކީވެސް ހަކުރު ގިނައިން އެކުލެވޭ މޭވާއެކެވެ. އެއްތަށީގެ ކިވީގައި ގާތްގަނޑަކަށް 16 ގްރާމްގެ ހަކުރު އެކުލެވިގެންވާކަމަށް ސިއްހީ މާހިރުން ބުނެއެވެ.

▪︎ލީޗީ



ލީޗީއަކީ އާންމުކޮށް އަހަރުމެން ގިނަ މީހުން ބޭނުންކުރާ މޭވާއެއް ނޫނެވެ. މިފޮނި މޭވާ އަކީ ކާބޯތަކެތި ފޮނިކޮށްލުމަށްވެސް ބޭނުންކުރާ މީރު މޭވާއެކެވެ. އެއްތަށީގެ ލީޗީގައި ގާތްގަނޑަކަށް 29 ގްރާމްގެ ހަކުރު އެކުލެވިގެންވާކަމަށް ސިއްހީ މާހިރުން ބުނެއެވެ.

އެހެންކަމުން ހަކުރު މައްޗަށް ދިއުމުގެ މައްސަލަ ހުންނަ މީހުން ނުވަތަ ހަކުރާ ދުރުގައި އުޅެން ބޭނުންވާ މީހުން މިދެންނެވި މޭވާތަކާއި ދުރަށް ޖެހިލާން އެބަޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން