ދެ ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން އަދި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން މިހާރު ހިއްކިފައިވާ ސަރަހައްދު ވަގުތީ ގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.
މަތިކޮމަންޑޫ ހިއްކުމުގެ މަޝްރޫޢުގެ ދަށުން މަތިކޮމަންޑޫއިން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަތިކޮމަންޑޫ ބިން ހިއްކުމަށް ފަހު އެރަށާއި އެއް ފަޅެއްގައި އޮންނަ ކޮމަންޑުއާ ގުޅާލާނެއެވެ.
ދެ ކޮމަންޑޫ ގުޅާލުމަށް މަތިކޮމަންޑޫގެ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖެނުއަރީމަހުގެ 12 ވަނަ ދުވަހުއެވެ. އަދި ޖެނުއަރީ 14 ވަނަ ދުވަހުވަނީ އެކަމުގެ ޢަމަލީ މަސައްކަތަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސް، ސައިޓު މަސައްކަތްތައް ފަށާފައެވެ.
މަތިކޮމަންޑޫއިން 16.7 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، މަޝްރޫޢުގައި ދެން ހިމެނެނީ، ކޮމަންޑޫގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، މަތިކޮމަންޑޫގައި 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށިލުމާއި ޖުމުލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖީއޯބޭގް ތޮށި މަތިކޮމަންޑޫގައި ޤާއިމްކުރުމުގެ މަސައްކަތެވެ.
ބިންހިއްކުމަށްފަހު ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅާލުމަށް ހަމަޖެހިފައިވަނީ 200 މީޓަރުގެ ދިގުމިނުގެ ލިންކަކުންނެވެ. މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 249 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާނެއެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ ދެ އަހަރުގެ ތެރޭގައި ނިންމުމަށެވެ.

ކިޔުންތެރިންގެ ހިޔާލު