ޕާކިސްތާނުގެ ފިރިހެނަކަށް އަލަށް އަންހެން ދަރިއަކު ލިބުމުން ބަޑިޖަހާ މަރާލައިފިއެވެ.

ޕާކިސްތާނުގެ ފުލުހުން ބުނީ ޕާކިސްތާނުގެ ޝެހެޒާބް ޚާން ނަމަކަށް ކިޔާ މިފިރިހެންމީހާ އޭނާއަށް ލިބުނު ފުރަތަމަ ދަރިފުޅު މަރާލައިފައިވަނީ ފިރިހެން ކުއްޖަކަށް ނުވުމުންނެވެ. އެގޮތުން ވިހޭތާ މަސްދުވަސް ވެސް ނުވަނީ އަންހެން ދަރިފުޅު މަރާލައިފައިވަނީ ފަސްފަހަރަށް ބަޑިޖަހައިކަމަށްވެއެވެ.

"ކުއްޖާ މަރާލުމުގެ ދެދުވަހެއް ކުރިން ފިރިހެން ދަރިއަކު ބޭނުންވިކަމަށް ބުނެ ވަރަށް ޝަކުވާ ކުރިކަމަށްވޭ. އަދި އޭނާގެ އަންހެނުންވެސް އެއްބަސްވެފައިވޭ ފިރިހެން މީހާއަށް ފުރަތަމަ ލިބުނު ދަރިއަކީ ފިރިހެން ކުއްޖަކަށް ނުވުމުން ރުޅިގަދަވެގެން އުޅުނުކަމަށް." ޕާކިސްތާނުގެ ފުލުހުން ހާމަކޮށްފައިވެއެވެ.

ޕާކިސްތާނަކީ އަދިވެސް ފިރިހެން ދަރިންގެ ފަރާތުން މައިންބަފައިންނަށް މާލީ ތަނަވަސްކަން އިތުރުކޮށްދޭކަމަށް ގިނަބަޔަކު ގަބޫލުކުރާ ގައުމެކެވެ.

އެގޮތުން މީގެ މަހެއްހާ ދުވަސް ކުރިން ފިރިހެން ދަރިއަކު ލިބޭނެކަމުގެ ޔަގީންކަން ހޯދުމަށް ޕާކިސްތާނުގެ ފިރިހެނަކު ވަނީ މާބަނޑު އަންހެނެއްގެ ބޮލަށް މޮހޮރު ހަރައި ޒަހަމްކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން