މިދިޔަ ބުދަ ދުވަހު އިންޑިއާއިން ޕާކިސްތާނަށް ފޮނުވާލި މިސައިލަކީ އޮޅިގެން އަމާޒުވި ހަމަލާއެއްްކަމަށް އިންޑިއާއިން ހާމަކޮށްފިއެވެ.

މިކަމާ ބެހޭގޮތުން އާންމު ކުރި ބަޔާނެއްގައި އިންޑިއާއިން ބުނީ މިސައިލު ހަމަލާ ދޫވީ މެއިންޓެނަންސް މަސައްކަތެއް ކުރަމުން ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. އެގޮތުން މިހާދިސާގެ ނުރައްކާތެރިކަން ފާހަގަކޮށް، ކަން ހިނގާދިޔަގޮތް ތަހުގީގު ކުރުމަށް އިސް ކޯޓަކުން އެދިފައިވާކަމަށްވެސް އިންޑިއާއިން ހާމަކޮށްފައިވެއެވެ.

ާޕާކިސްތާނުން ބުނީ އެގައުމުގެ އިރުމަތީ މިއާން ޗަންނު ސިޓީކައިރިއަށް ވެއްޓުނު މިމިސައިލާއެކު، ޕާކިސްތާނުގެ ވައިގެ މަގު ބޭނުން ކުރާ އާންމުން އުފުލާ ފްލައިޓުތައް ނުރައްކަލަކަށް ހުށައެޅިގެންދިޔަ ކަމަށެވެ. އަދި މިސައިލު ވެއްޓުނު ސަރަހައްދުގައި ދިރިއުޅޭ މީހުންނަށްވެސް ބިރުވެރިކަމެއް ކުރިމަތިވެފައިވާކަމަށް ޕާކިސްތާނުގެ ސިފައިންގެ އިސްތަރުޖަމާނު ވިދާޅުވިއެވެ.

މިހާދިސާއާއި ގުޅިގެން އިއްޔެގެ ވަގުތެއްގައި ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ވަނީ އިންޑިއާގެ ޑިޕްލޮމެޓުން އެމިނިސްޓްރީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި ޕާކިސްތާނުންވަނީ މިހާދިސާއާއި ގުޅިގެން އިންޑިއާއިން ކުރަމުންދާ ތަހުގީގަށް ލިބޭ މައުލޫމާތު ވީހާވެސް އަވަހަކަށް ހިއްސާ ކުރުމަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން