ޔުކްރެއިނާ ހަނގުރާމަ ކުރުމަށް ސީރިޔާގެ ސިފައިން ތައްޔާރަށް ތިބިކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެގޮތުން ރަޝިޔާއިން ވަނީ މެދު އިރުމަތީ ސަރަހައްދުގެ ވޮލަންޓިއަރ ސިފައިން ރަޝިޔާއާއި ގުޅުމަށް ހުއްދަދީފައެވެ. ރަޝިޔާގެ ރައީސް ޕޫޓިންގެ މިހުއްދައިގެ ދަށުން މެދު އިރުމަތީ ގައުމުތަކުން 16،000 ސިފައިން ރަޝިޔާގެ ސިފައިންނާ ގުޅުމަށް ތައްޔާރުވެފައިވާކަމަށް އެގައުމުން ވަނީ ހާމަކޮށްފައެވެ.
މެދު އިރުމަތީ ގައުމުތަކުން ރަޝިޔާއަށް ވޮލަންޓިއަރ ކުރަންދާ ސިފައިންގެ ތެރޭގައި ސީރިޔާގެ އެތައް ސިފައިންނެއް ތައްޔާރަށް ތިބިކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި ސީރިޔާގެ ސިފައިން ރަޝިޔާގެ ސިފައިންނާ ގުޅެނީ އަމިއްލަ މިނިވަންކަމާއެކު ހިލޭ ސާބަހަށްކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ރަޝިޔާގެ ސިފައިންނާ ގުޅިގެން ހަނގުރާމަ ކުރުމަށް ވޮލަންޓިއަރ ކުރަން ބޭނުންވާފަރާތްތަކަށް އެފުރުސަތު އޮތްކަމަށްވެސް ރަޝިޔާގެ ރައީސް ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު