މިދިޔަ ހޮނިހިރު ދުވަހަކީ ސައުދީގައި އެއްދުވަހުގެ ތެރޭގައި އެންމެ ގިނަބަޔަކަށް މަރުގެ އަދަބު ތަންފީޒުކުރި ދުވަހެވެ. އެގޮތުން އެދުވަހު 81 މީހަކަށް ވަނީ މަރުގެ އަދަބު ތަންފީޒުކޮށްފައެވެ.

މީގެ ތެރޭގައި ހިމެނެނީ ޓެރަރިޒްމްގެ ތުހުމަތުތަކުކައި މަރުގެ އަދަބު އިއްވާފައިވާ މީހުންކަމަށް ސައުދީން ބުނެއެވެ. އެގޮތުން އިސްލާމިކް ސްޓޭޓް، އަލް ގައިދާ، އަދި ހޫތީން ފަދަ އިސްލާމީ ހަރުކަށި ޖަމާއަތްތަކާއި ގުޅުން ހުރި މީހުން މީގެ ތެރޭގައި ހިމެނޭކަމަށް ވެއެވެ.

މީގެއިތުން، މަރުގެ އަދަބު އިއްވާފައިވާ މީހުންގެ ތެރޭގައި ކިޑްނެޕް ކުރުމާއި، އަނިޔާވެރިވުމާއި، ރޭޕް، އަދި ބޮމާއި އެހެނިހެން ހަތިޔާރު ސައުދީއަށް އެތެރެކުރިކަމަށް ތުހުމަތުކުރެވޭ މީހުން ހިމެނޭ ކަމަށްވެސް ސައުދީން ބުނެއެވެ.

ހަރުކަށި ގަވާއިދުތަކެއް އެކުލަވާލައިފައިވާ ސައުދީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ހޮނިހިރު ދުވަހު މަރުގެ އަދަބު ތަންފީޒުކުރި އަދަދަކީ ހުސްވި އަހަރު ޖުމްލަކޮށް އެގައުމުގައި މަރުގެ އަދަބު ތަންފީޒުކުރި އަދަދަށް ވުރެެއް ގިނަ އަދަދެެއްކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން