ރާއްޖެ ގަޑިން ރޭ ދަންވަރުގެ ވަގުތެއްގައި ފިލިޕީންސަޝާއި އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އަރައިފިއެވެ.
6.4 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މިބިންހެލުން ފިލިޕީންސަށް އަރާފައިވަނީ ފިލިޕީންސުގެ ވެރިރަށް މަނީލާގެ ހުޅަނގު ދެކުނުން ލުބާންގް އައިލެންޑް ސަރަހައްދުންނެވެ. މިބިންހެލުން އަރާފައިވަނީ 28 ކިލޯމީޓަރު ބިމުއަޑިންނެވެ.
އަދި އިންޑޮނޭޝިއާގެ ދެކުނު ސުމަޓްރާ ސަރަހައްދަށް އެރި 6.7 މެގްނިޓިއުޑް ބާރުގަދަ ބިންހެލުން އަރާފައިވަނީ 21 ކިލޯމީޓަރު ބިމުއަޑިންނެވެ.
މިދެބިންހެލުމުގައިވެސް ދެގައުމަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް ރިޕޯޓުކޮށްފައެއް އަދި ނުވެއެވެ. މިބިންހެލުންތަކާގުޅިގެން ސުނާމީގެ އިންޒާރެއް ކަމާބެހޭ ވުޒާރާތަކުން ދީފައެއް ނުވެއެވެ.
ފިލިޕީންސާއި އިންޑޮނޭޝިއާއަކީ މިފަދައިން ގިނަ ބިންހެލުންތައް ތަހައްމަލު ކުރާ ނާޒުކު ދެގައުމެވެ.
އެގޮތުން މިދިޔަ މަހު އިންޑޮނޭޝިއާއަށް އެރި ބާރުގަދަ ބިންހެލުމެއްގައި 16 މީހަކު މަރުވެ 400 އަށްވުރެއް ގިނަ މީހުންނަށްވަނީ އަނިޔާވެފައެވެ. އަދި އެތައް ގެތަކެއް ބިމާހަމަވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު