ރޭގައި ހެލްތު މިނިސްޓަރ އެބޭއްވެވި ނޫސްކޮންފަރެންސްގެ އިންތިޒާރުގައި ކެއްމަދުވެފައި ތިބީ ކިތައް މީހުން ކަމެއް އެބޭފުޅުންނަށް ފަހަރެއްގައި އެނގިވަޑައި ނުގެންފާނެއެވެ. ނަމަވެސް ވަރަށް ގިނަ ބަޔަކު އެވަގުތަށް އިންތިޒާރު ކުރިއެވެ. އަމީން ދެއްވާނެ ލުއިތަކާއިމެދު ގިނަ ބަޔަލު ޚިޔާލީ ފޮލާ ކައްކައި، ބަހުސްވެސް ކުރިއެވެ.
ނަމަވެސް ހަގީގަތަކީ ރޭގެ އެވަގުތާއި ހަމައަށް މާލޭގައި ދިރިއުޅޭ ގިނަ ދިވެހީން ކެތްތެރިކަމާއެކު ކުރި އިންތިޒާރަށް ލިބުނު ނަތީޖާ އިންތިޒާރު ކުރިހާ ފޮނި ނުވުމެވެ. އެކި މީހުން އެ ނަތީޖާ ސިފަ ކުރީ އެކި ގޮތަށެވެ. އިހުސާސްތައް ތަފާތުކަން އެނގެނީ ރޭގެ ނޫސްކޮންފަރެންސަށް ފަހު ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޚިޔާލުތަކާއި ބަންޑުން ކޮށްލި ޝުޢޫރު ތަކުގެ ސަބަބުންނެވެ.
މިފަހަރުގެ ލޮކްޑައުން އިޢުލާން ކުރީއްސުރެ ޞިއްހީ ވަޒީރާއި އަދި ޓީވީން އެފެންނަ ކަމާބެހޭ ޑޮކްޓަރުންވެސް ދައްކަވަމުން ގެންދެވީ "ނިއު ނޯމަލް" ގެ ވާހަކައާއި މިހާރުގެ ހާލަތުން އެހެން ހާލަތަކަށް ބަދަލުވާއިރު ކަންކަން ގެންދާނެ ގޮތުގެ ވާހަކައާއި ތަސައްވަރުގެ ވާހަކައެވެ. މިވާހަކަތައް އަޑުއަހާން ތިއްބާ ގައުމުގެ ވަލިއްޔުލް އަމްރުވެސް ގައުމާ މުހާތަބު ކުރައްވާ ދެއްވީ ވަރަށް އުފާވެރި މެސެޖްތަކެކެވެ. ގޭބަންދުގައި ތިބި މީހުންގެ ހިތްތަކަށް އިންތިހާއަށް ތަސައްލީ ލިބޭނެ ވާހަކަ ތަކެކެވެ.
އެ ފޮނި އުއްމީދުގައި ތިއްބާ ހެލްތު މިނިސްޓަރ ނޫސްކޮންފަރެންސަށް އަރާވަޑައިގެން އެދެއްކެވި ވާހަކައަކުން އެންމެން ކަރުއެލި މާޔޫސްވިކަން އެންމެ ރަނގަޅަށް ސާބިތުވަނީ މިހާރު އެންމެންގެ އެފަދަ އިހުސާސްތައް ހިއްސާ ކުރާ ބައިވެރިޔާ ސޯޝަލް މީޑިއާއިންނެވެ.
"އެކްސްކިއުޒްމީ އަމީނޫ، މި ދެއްވީ ކޮންކަހަލަ ލުޔެއްތޯ؟ މިވާހަކަ ނުދައްކަވައި ހުންނެވި ނަމަ މާރަނގަޅު ވީސްނޫންތޯ؟" މީހަކު ލިޔެފައި ވެއެވެ.
ބައެއް މީހުންގެ ނަޒަރުގައި ކިތަންމެ ދަތީގައި އުޅެން ޖެހުނަސް އަދި ލުއިދޭކަން ނުވެއެވެ. މާލޭގައި މިހާތަނަށް ކުރެވިފައިވާ އެފަދަ ތަޖުރިބާ ތަކުގެ އަލީގައި ވާހަކަ ދައްކާ މީހުން ބުނަނީ އަޅުގަނޑުމެންގެ އެފަދަ އަޚުލާގެއް ނެތް ކަމަށެވެ. ލުއި ދީފިއްޔާ ބަލީގެ ނުރައްކާ ހަނދާންވެގެން ރައްކާތެރިވެ އުޅޭނީ މަދު ބައެއްކަން އެނގޭތީއެވެ.
އެއްބައެއްގެ ޝަކުވާއަކީ ރައްޔިތުންގެ މަޖިލީސް ޖަލްސާތައް މާލަމުގައި ބާއްވަން ހުއްދަ ދީފައި މިސްކިތްތައް ބަންދު ކޮށްފައި ބަހައްޓާތީ އެކަމުގެ ޝަކުވާއެވެ. މިކަމާއި ގުޅުވައިގެން ބައެއް މީހުން ސަރުކާރަށް ފާޑުކިޔަނީ "ލާދީނީ" ޓެގާއި އެކުގައެވެ. އެއް ނަޒަރަކުން އެމީހުންގެ ވާހަކަ ގޯހެއް ނޫނެވެ. އަނެއް ނަޒަރަކުން ބަލާއިރު އެއީ ހަމަޖެހޭ ވާހަކައެއް ކަމަކަށް ނުބެލެވެއެވެ.
މިހާރު މި އޮތް ލުޔަކީ ގިނަ މީހުން ހީކުރި ގޮތަށް، މިސްކިތްތައް ހުޅުވޭ ވަރުގެ ލުޔަކަށް ނުވެއެވެ. މިހާރު ދީފައި މިއޮތް ލުއިގައި ގެއިން އެއްފަހަރާ ގިނަ މީހުންނަކަށް ނުނުކުމެވެއެވެ. ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް ވެސް ނުކުމެ އުޅެވެނީ ވަކި ވަގުތު ތަކެއްގައެވެ. އެގޮތަށް ވެސް ނުކުމެވެނީ ފުލުހުން ދޭ ހުއްދައެއް އޮވެގެންނެވެ. ބައެއް ކަހަލަ ވިޔަފާރިތައްް ހުޅުވަން ހުއްދައެވެ. ޓެކްސީވެސް ކޮންމެވެސް ވަރކަަށް ދުއްވަން "އޯކޭ" އެވެ. ހޮޓާ ރެސްޓޯރެންޓް ކެފޭތައް އަދިވެސް ބަންދެވެ. އެކަމަކު މާރުކޭޓް ގައިދުރުކޮށްގެން ސެއްލައެވެ. މުޅިން އަލަށް ތަޖުރިބާތައް ހޯއްދަވާ ކަމަށް ވިދާޅުވާ މިނިސްޓަރ އަމީން ވިދާޅުވަނީ ބަންދުގައި ތިބި ބަޔަކު ވީއްލަން މިވަރުން ފުދޭނެ ކަމަށެވެ.
ދެން އޮތީ މިލިސްޓުގައި އަދިވެސް މިސްކިތްތައް ހުޅުވުން ނުހިމެނޭ ވާހަކައެވެ. މިކަމާ ކަންބޮޑުވެ ވާހަކަ ދައްކަވާ ބޭފުޅުންގެ ޒުވާބަކީ ބޭރުގެ މާ ބޮޑެތި މާނުރައްކާ އޮތް ގައުމު ތަކުގައި ވެސް ގައިދުރުކޮށްގެން މިސްކިތްތަކުގައި ޖަމާއަތް ހަދަމުންދާ ވާހަކައެވެ. އެއީ މި ބައްޔާއެކު އުޅެން ދަސްކުރުމުގެ މަރުހަލާއެއް ކަމުގައި އެފަދަ ފަރާތްތަކުން ދެކެއެވެ.
ދެން އޮތީ އެއްވެސް ކޮޅަކަށް ބުރަ ނުވެ އަސްލު މިކަމުގެ ހަގީގަތަށް ވިސްނާލުމެވެ. މިސްކިތްތައް ހުޅުވާލަން ވިސްނާއިރު އަދިވެސް ގިނަ މީހުން ތިބޭނީ ހަމަ ގޭބަންދުގައެވެ. ގެއިން ނުކުމެވެނީ ވަކި ވަގުތެއްގައި ވަކި އަދަދަކަށެވެ. އެމީހުން ގެއިން ނުކުންނަނީ މިސްކިތަށް ދާކަށްނޫނެވެ. އެމީހުންނަށް ހުއްދަ މިދެނީ ޒަރޫރީ ބޭނުން ތަކަށް ގެއިން ނުކުންނާށެވެ. އެހެންވީމާ އެލިބޭ ވަގުތުކޮޅުގައި ގައިދުރުކޮށްގެން މާރުކޭޓަށްގޮސް ފިހާރަތަކަށް ދާނެއެވެ. އެކަން ޒަރޫރީ ބޭނުމަކަށް ވާ ސަބަބަކީ ލާރި ފޮއްޗެއް އަތުގާ އޮތަސް އެތަންތަނަށް ނުގޮސް ބަނޑުފުރާނެ މުއްތި ނުކުރެވޭތީއެވެ. އަތުގައި އޮންނަ ލާރިފޮއްޗަށް ގަނެވޭ ވަރުގެ އަގެއްގައި ހުންނަ ކަމުދާ އެއްޗެއް ގަންނާނެ ފުރުސަތު ލިބޭނެތީއެވެ.
މާލޭގައި މިއޮތީ ނުރައްކާ ބަލިމަޑުކަމެކެވެ. ގަސްތުގައި އެނުރައްކަލަށް އަމިއްލައަށް ހުށަހެިގަތުުމަކީ ބުއްދީގެ ނަޒަރުން ވިސްނާލިޔަސް ގޯހެކެވެ. ދީނީ ގޮތުން އޮތްގޮތް އެނގޭ މީހުން އެތިބީ ހަދަންވީ ގޮތް ނިންމައިގެންނެވެ. މި ހާލަތުގައި ހާކިމާއަށް ތަބާވީމާ އަޅުގަނޑުމެންގެ ވާޖިބު އަދާވީއެވެ. ދެން "ނޫނެކޭ ކެތެއްނުވާނެއޭ، މައިމޫނާ ހުއްދަ ނުދިނަސް އަހަރެންނަށް މިސްކިތަށް ނުގޮހެއް ދެން ކެތެއް ނުވާނެއޭ" ކިޔާފައި އެކަން ކުރާކަށް އަހަރެމެންނަކީ އެފަދަ ބާރެއް ވެސް އޮތް ބައެއްނޫނެވެ.
އެހެންވީމާ އެވާހަކަ ބާއްވާފައި ފުރަ ބަންދަށް ދީފައި މިއޮތް ލުޔެއްގެ ވާހަކައާއިގެން ކުރިއަށްދާނަމަވެ.
ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ އަމީނު ދެއްވާ ލުއި ހަމަ ވަރަށް ލުއިވާނެ ކަމަށެވެ. ނަމަވެސް އަމީނަކަށްވެސް ބަސްނާހާ ކުދި ބަޔަކަށް އިތުބާރެއް ނުކުރެވޭނެ ތާއެވެ. ތިން ގަޑިއިރަށް ބަންދު ކޮށްފައި ދޫކޮށްލީމާ ކުރެވުނު ތަޖުރިބާ އަމީންވެސް އަދި އަމީންގެ ޓީމުން ވެސް ހަނދާނުގައި އެބަހުއްޓެވެ. މިދައްކަނީ ކޮންމެހެން ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ނުނުކުންނާށޭ ބުނެ ގޭގައި ބެއިތިއްބީމާ ވެސް މަސްދަތުރު ގޮސް ޕާޓީ ބާއްވައި ފިނިބުރުޖަހާން ގޮސް ތިމާގެ ހުރިހާ ގެއަކަށާއި ރައްޓެހީންގެ ގާތަށް ގޮސް ކޮންޓެކްޓް ލިސްޓު ފަސް ސަތޭކައިން ހާހުން އަރުވާލި ބައެއްގެ ވާހަކައެވެ.
އަމީން މިދެއްވި ލޮކްޑައުންގެ ލުޔާއި ބެހޭގޮތުން ތަފާތު ޚިޔާލުތައް ގެންގުޅޭ އެހެން މީހަކު ބުނީ "އަހަރެމެންގެ ރަށުގައި ހުރިހާ ކަމެއްވެސް ތަފާތުވާނެ ކަމަށެވެ. އަހަރެމެންގެ ރަށުގައި މީހުން ގޭބަންދު ކުރީ ބަލީގެ އެންމެ މީހަކު ފެނިގެންނެވެ. ލުއިދޭން ފެށީ އެއަދަދު ބޮޑުވެ ދުވާލަކު ފަންސާހަށް މަތިވީމައެވެ."
އަޅުގަނޑުމެންގެ ރަހުމަތްތެރިޔާ އެޑަމް، އަމީން މިދެއްވި ލުއި ސިފަކޮށްލީ ވަރަށް ސަޅި ގޮތަކަށެވެ. "އަހަރެމެން ރަށުގައި ފުރަބަންދުގެ ލުއި ދެނީ ފިރުއައުނު ހާމާނު ފޮނުވައި ސިންހޫތަށް ލުއި ދިންގޮތަށެވެ. ވިދާޅުވިއެވެ. ތިޔަހުންނެވީ އިއްޒަތާއި ޝަރަފުގައި ދޫކޮށްލައްވާފައެވެ. އެކަމަކު ހުންނަވާން ވާނީ ހަތިޔާރާއި ސިފައިންގެ ބެލުމުގެ ދަށުގައެވެ." މިއީ ވަޒީރު އަމީނަށް "ދޯ" ދެއްވައި ކުރައްވާފައިވާ ޓްވީޓެކެވެ.
"އަމީނު ބައްލަވާ، ލުއި ދެއްވިއިރު އަޅުގަނޑަށް އެލުއި އިހުސާސެއް ނުވާނެ ނޫންތޯ؟ މިހާރަކު ގަޔަށް ލެވޭ އެންމެ އަންނައުނު ގަނޑެއްވެސް ނެތް. އަންނައުނު ވިއްކާ ފިހާރަތަކާ ފަހާ ތަންތަން ނުހުޅުވެނީސް ތިޔަ ލުޔަކުން ކުރާނެ ފައިދާއެއް މަށަކަށް ނެތް." މިއީވެސް މަޖާޒީ ގޮތަކަށް މީހަކު ދީފައިވާ މެސެޖެކެވެ. ހަގީގަތުގައި ވެސް ގޭގައި ތިބެ ކައިކައި ގޮސް ގިނަ މީހުން ތިބީ އެ ހާލަތުގައެވެ.
އަމީނުވެސް މައިމޫނާވެސް އަދި ޓެގް ގެ ކުދިންކޮޅުވެސް ވިދާޅުވީ ބަސް އަހައިގެން އުޅެންޏާ އަދިވެސް ލުއިދޭނެ ކަމަށެވެ. ދިން ފިލާވަޅުތައް ދަސްކޮށްފައި ހުރި ވަރެއް އަދި ދެހަފުތާ ފަހުން ބެލުމަށް ފަހު "އިވެލުއޭޝަން" ހަދާނެއެވެ. ނަތީޖާ ރަނގަޅިއްޔާ އަނެއްކާވެސް ދުލެއް ދޭނެއެވެ. އެކަމަކު ކައިވަތެއް ދީފިއްޔާ މުށަކަށް ދަމާލައިގެން ކަމަކު ނުދާނެއެވެ.
ދެން އޮތީ ގޭގައި ތިބެގެން އަނގަޔާ އަތާއި ދިމާނުވާ ވާހަކައެވެ. އެއީ އަދި މާ ދިގު މާ ހައްސާސް ވާހަކައެކެވެ. އަސްލުގައިވެސް ގޭގައި ތިބި މީހުންގެ ތެރެއިން ގިނައީ ހަމަ އާމްދަނީއެއް ލިބޭނެ މަގެއް ނެތް މީހުންނެވެ. ވަޒީފާ ގެއްލުނު މީހުންނާއި މުސާރަ ކުޑަކުރި މީހުންގެ ރަޖިސްޓްރީއެއް ހެދި ބީދައިން ގޭގައި ތިބުމުން އެއްވެސް އާމްދަނީއެއް ނުލިބޭ މީހުންގެ ލިސްޓެއް ނުވަތަ ދަފުތަރެއް ހަދައި އެމީހުންނަށް ވެސް ގޮތްތަކެއް ހޯދައިދޭން އެބަޖެހެއެވެ. އެހެން ނޫނީ މި ލޮކްޑައުންއާއެކު އެއްބަޔަކު މުޅިން ހަނާވެ ނިމިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު