ކޮވިޑް ކޭސްތައް އިތުރުވެ ޗައިނާގެ ބޮޑު ސަރަހައްދެއް އަލުން ލޮކްޑައުންކޮށްފިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޗައިނާގައި ކޮވިޑް ޖެހިގެން ދުވާލެއްގެ މައްޗަށް ރިޕޯޓު ކުރާ ކޭސްތަކުގެ އަދަދު މިހާރު ވަނީ 5000 އިން މައްޗަށް އަރާފައެވެ. އެގޮތުން މިއީ ކޮވިޑް ކޭހެއް ޗައިނާއިން ފެނުނުފަހުން ކޮވިޑް ޖެހިގެން ދުވާލެއްގެ މައްޗަށް ރިޕޯޓު ކުރާ ކޭސްތަކުގެ އަދަދު 5000 ން މައްޗަށް ރިކޯޑް ކުރެވުނު ފުރަތަމަ ފަހަރުކަމަށްވެއެވެ.

މިއާއެކު ޗައިނާގެ 11 ސިޓީއެއް ވަނީ ލޮކްޑައުންކޮށްފައެވެ. ހަރުކަށި ގަވާއިދުތަކާއިއެކު ލޮކްޑައުން އިއުލާންކޮށްފައިވާ ސިޓީތަކުން ބޭރަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކުން 24 ގަޑީރު ނުވާ ޕީސީއާރް ނެގަޓިވް ނަތީޖާއެއް ހުށައަޅަން ޖެހޭނެއެވެ.

މީގެއިތުރުން، އެތެރޭގެ އުދުހުންތައް ކުރާ ޝެޑިއުލް ފްލައިޓްތަކެއް ކެންސަލް ކުރުމުގެ އިތުރުން އެޕަލް ކުންފުނި ފަދަ ބޮޑެތި ވިޔަފާރިތައް ވެސް ވަނީ ވަގުތީގޮތުން ސަސްޕެންޑުކޮށްފައެވެ.

އަދި މި ހަރުކަށި ގަވާއިދުތައް މަރޗް 20 ވަނަ ދުވަހާއި ހަމައަށް ދެމިގެންދާނެކަމަށް ޗައިނާގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.

ޗައިނާއިން މިފަހަކުން ކޮވިޑް ކޭސްތައް އިތުރުވެފައިވަނީ ގިނަ ދުވަސްތަކަކަށް ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައި އޮތުމަށްފަހުއެވެ. ޗައިނާގައި ގިނަ ދުވަސްތަކަކަށް ބަލި ފެތުރުން ކޮންޓްރޯލްކޮށްފައިވަނީ އެހެން ގައުމުތަކާއި ހިލާފަށް "ޒީރޯ ކޮވިޑް ސްޓްރެޓެޖީ" އެއްގެ ދަށުން ކޮވިޑުން ރައްކާތެރިވުމަށް އެޅި ހަރުކަށި ގަވާއިދުތަކާއިއެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން