ތަކެތީގެ އަގުބޮޑުވެ ސްރީލަންކާގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
ސްރީލަންކާގެ ސަރުކާރާ ދެކޮޅު ޕާޓީތަކުގެ ވެރިން އިސްވެ ކުރިއަށްގެންދާ މިމުޒާހަރާތައް ކުރިއަށްދަނީ ކޮޅުނބުގައެވެ. މިމުޒާހަރާތައް ކުރަމުންދަނީ އެގައުމުގެ އިގްތިސާދީ ހާލަތު ދައްވެ ތެލާއި ކާބޯތަކެތީގެ އަގުބޮޑުވުމާއި ގުޅިގެންނެވެ.
މިމުޒާހަރާތައް ފަށާފައިވަނީ އިންޓަރނޭޝަލަން މަނިޓަރީ ފަންޑް، އައިއެމްއެފަށް މާލީއެހީތެރިކަން ހޯދުމަށް އެދި ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އިސްވެހުންނަވާ މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އިތުރު މާލީ އެހީތެރިކަން ހޯދުމަށް ސްރީލަންކާގެ މާލީ ވަޒީރު، ބެސިލް ރާޖަޕަކްސަ ވަނީ އިންޑިއާ އާއެކު އެއްބިލިއަން ޑޮލަރުގެ ކްރެޑިޓް ސްކީމެއްގައި ސޮއިކޮށްފައެވެ.
ނަމަވެސް މުޒާހަރާގެ ބައިވެރިންވަނީ ސްރީލަންކާގެ މާލީ ހާލަތު ދައްވެ ތެލާއި ކާބޯތަކެތީގެ އަގުބޮޑުވެފައިވަނީ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ސަރުކާރުގެ އިހުމާލުންކަމަށްބުނެ އެތައް ތުހުމަތެއްކޮށް ފާޑު ކިޔާފައެވެ.
މިއީ ސްރީލަންކާގެ ތާރީހުގައި ސަރުކާރުގެ މާލީ ހާލަތު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ކޮވިޑުގެ ބަލިމަޑުކަމާއި ޓެކްސް ނަގާ އަދަދުތައް ދަށްކުރުމުގެ ސަބަބުން އިގްތިސާދީ ހާލަތު ދަށްވެފައިވާ ސްރީލަންކާގެ ފޮރިން އެކްސްޗޭންޖް ރިޒަރވްވެސް ވަނީ 70 އިންސައްތަ ދަށްވެފައެވެ. މިއާއެކު ތެލާއި ކާބޯތަކެތި ފަދަ އިމްޕޯޓު މުދަލަށް ފައިސާ ދެއްކުމަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ.
އެގޮތުން މިދިޔަ ހަފްތާގައި ސްރީލަންކާއިން ވަނީ ސްރީލަންކަން ރުޕީޒްގެ އަގުވެސް ދަށްކޮށްފައެވެ. ސްރީލަންކާގެ ސެންޓްރަލް ބޭންކުގެ މިނިންމުމާއިއެކު ޔޫއެސް ޑޮލަރު އެކްސްޗޭންޖް ރޭޓް މިހާރު ހުރީ 260 ސްރީލަންކަން ރުޕީޒްގައެވެ.

ކިޔުންތެރިންގެ ހިޔާލު