އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ
އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ
ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އިނގިރޭސިވިލާތުން ރަޝިޔާއާއި ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނިގެން ރަޝިޔާގެ އިތުރު 350 މީހަކު ބްލެކްލިސްޓުކޮށްފިއެވެ.

މިކަން އިއުލާން ކުރައްވަމުން އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ވިދާޅުވެފައިވަނީ އިނގިރޭސިވިލާތާ އެކުވެރި ގައުމުތަކާއެކު ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ރަޝިޔާގެ ރައީސާ ދެކޮޅަށް އެޅެން އޮތް ހުރިހާ ހުރަހެއް އަޅާނެކަމަށެވެ. އެގޮތުން ހަނގުރާމަކުރުމަށް ރަޝިޔާއަށް ލިބެމުންދާ މާލީ އެހީތެރިކަން ހުއްޓުވުމަށް ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެެއް ކުރައްވާނެ ކަމަށްވެސް އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ވިދާޅުވެފައިވެއެވެ.

އިނގިރޭސިވިލާތުން ރަޝިޔާއާއި ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ބްލެކް ލިސްޓު ކުރެވިފައިވާ ރަޝިޔާގެ ފަރާތްތަކުގެ ތެރޭގައި، އެގައުމުގެ ރައީސް އަދި ސަރުކާރުގެ އިސްވެރިންނާއި ބޮޑެތި ވިޔަފާރި ވެރިން ހިމެނެއެވެ. މިލިސްޓުގައި ޗެލްސީ ފުޓްބޯލް ކްލަބްގެ ވެރިފަރާތްކަމުގައިވާ ރޯމަން އަބްރަމޮވިޗްވެސް ހިމެނެއެވެ.

އިނގިރޭސިވިލާތުން ބްލެކްލިސްޓުކޮށްފައިވާ 51 ފަރާތެއްގެ އާއިލާގެ މުދާ ފްރީޒްކޮށް، އިމްޕޯޓު އެކްސްޕޯޓު ކުރުމަށް ދީފައިވާ ހުއްދަތައްވެސް ވަނީ ބާތިލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން