ރޭގެ ވަގުތެއްގައި ޖަޕާނަށް އެރި ބާރުގަދަ ބިންހެލުމާއެކު އެގައުމުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާކަމަށް ކަމާބެހޭ ވުޒާރާތަކުން ހާމަކޮށްފިއެވެ.
ޖަޕާނުގައި ކަރަންޓު ފޯރުކޮށްދޭ ކުންފުނިތަކުން ހާމަކޮށްފައިވާގޮތުގައި ރޭ ޖަޕާނަށް އައި ބިންހެލުމާއެކު ޖަޕާނުގެ ވެރިރަށުގެ ބޮޑު ސަރަހައްދަކާއި، އެގައުމުގެ އެހެން ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. އެގޮތުން ބައެއް އޭޓީއެމް ތަކުންވެސް ވަނީ ހިދުމަތްތައް ކެނޑިފައެވެ.
މީގެ އިތުރުން މިބިންހެލުމުގެ ސަބަބުން މިހާތަނަށް 4 މީހަކު މަރުވެ 100 މީހަކަށް އަނިޔާވެފައިވާކަމަށް ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަން އޭޖެންސީއިން ހާމަކޮށްފައިވާގޮތުގައި ރޭޖަޕާނަށް އެރި ބިންހެލުން އަރާފައިވަނީ 7.4 މެގްނިޓިއުޑްގެ ބާރު މިނުގައެވެ. މިބިންހެލުމާއެކު ސުނާމީއެއްގެ އިންޒާރުދިންނަމަވެސް މިއަދު ހެނދުނު އެއިންޒާރުވަނީ ބާތިލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު