އެމެރިކާގެ ހޮސްޕިޓަލެއްގައި ކޯވިޑް-19 ހާލުބޮޑު ބަޔަކަށް ވެންޓިލޭޓަރގައި ފަރުވާދެނީ
އެމެރިކާގެ ހޮސްޕިޓަލެއްގައި ކޯވިޑް-19 ހާލުބޮޑު ބަޔަކަށް ވެންޓިލޭޓަރގައި ފަރުވާދެނީ
ލޮކްޑައުންއަށް ލުއި ދިނުމާއެކު އެމެރިކާގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 100،000 އަށް އަރައިފިއެވެ.

ދެމަސް ދުވަހުގެ ލޮކްޑައުން އަކަށް ފަހު، އެމެރިކާގެ ގިނަ ވިޔަފާރިތަކެއް ހުޅުވާލައި، ގިނަބަޔަކަށް މަގުމައްޗަށް ނުކުމެވޭ ގޮތަށް، އެމެރިކާގެ ލޮކްޑައުން އަށް ވަނީ ލުއިދީފައެވެ.

އެމެރިކާގެ ލޮކްޑައުން އަށް ލުއެއް ދީފައިވަނީ ކޯވިޑް-19 ގެ ސަބަބުން، އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް މަރުވަމުންދާ މީހުންގެ އަދަދު، ހުސްވި އޭޕްރިލް މަހާ އަޅާބަލާއިރު މިމަހު މަދުވީމައެވެ. އޭޕްރީލް މަހު، އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 2000 މީހުން މަރުވެފައި ވާއިރު، މެއި މަހު އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް މަރުވެފައިވަނީ 1400 މީހުންނެވެ.

މިއާއެކު، ކޮރެއާ ހަނގުރާމަ، ވިއެޓްނާމް ހަނގުރާމަ، އަދި އެމެރިކާ އާއި އިރާގާއި ދެމެދު ހިނގި ހަމަނުޖެހުމުގައި މަރުވި އެމެރިކާ މީހުންގެ އަދަދަށް ވުރެވެސް ކޯވިޑް-19ގެ ބަލިމަޑުކަމުގައި އެމެރިކާގައި މަރުވި މީހުންގެ އަދަދު ގިނަ ކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފައި ވެއެވެ.

ކޯވިޑް-19 އަކީ ސީޒަނަލް ފްލޫ އަކަށް ވުރެ ނުރައްކާތެރި ބައްޔެއް ކަމުގައި ވީނަމަވެސް، އެމެރިކާގައި 1957 އަދި 1958 ގައި ފެތުރުނު ސީޒަނަލް ފްލޫގައި ވެސް 116،000 މީހުން މަރުވެފައިވެއެވެ.

މިހާތަނަށް 1.7 މިލިއަން އެމެރިކާ މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު، މުޅި ދުނިޔޭގައި 5.6 މިލިއަން މީހުންނަށް މިބަލި ޖެހި، 350،000 މީހުން މަރުވެފައިވެއެވެ. އަދި ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑަށް ކޯވިޑް-19 ފެތުރިފައިވާ ގައުމު ތަކުގެ ތެރެއިން 8 ވަނައިގައި އެމެރިކާ ހިމެނެއެވެ. މިލިސްޓުގައި، އެމެރިކާގެ އިތުރުން، ހިމެނޭ ގައުމު ތަކަކީ ބެލްޖިއަމް، ސްޕެއިން، ޔޫކޭ، އަދި އިޓަލީ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން