ހަމަލާތައް ހުއްޓާލުމަށް އދ ގެ މަތީ ކޯޓުން ކުރި އަމުރާ ރަޝިޔާއިން ދެކޮޅު ހަދައިފިއެވެ.
ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ގޮވާލާ ރަޝިޔާއާއި ދެކޮޅަށް އދ ގެ އިންޓަރނޭޝަނަލް ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ ޔުކްރެއިނުންނެވެ. މި މައްސަލައިގެ އަޑުއެހުން ނިންމާލަމުން އދ އިން ވަނީ ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ވަގުތުން ވަގުތައް ހުއްޓާލުމަށް ރަޝިޔާއަށް އަމުރުކޮށްފައެވެ.
މިއަމުރާ ދެކޮޅުހައްދަވައި ރަޝިޔާގެ ރައީސް އޮފީހުގެ އިސްތަރުޖަމާނު ވަނީ މިއަމުރު ތަންފީޒު ކުރުމަށް ދެގައުމުން އެއްބަސް ވާން ޖެހޭނެކަން ފާހަގަކުރައްވާފައެވެ.
"ކޯޓުނެ ނިންމުން ތަންފީޒު ކުރެވޭކަށް ނެތް." ރަޝިޔާގެ ރައީސް އޮފީހުގެ އިސްތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް ވިދާޅުވިއެވެ.
ނަމަވެސް ދެގައުމުން ސުލްޙައިގެ މަޝްވަރާތައް ކުރަމުންދާކަމަށް ޕެސްކޮވް ވިދާޅުވެފައިވެއެވެ.
ރަޝިޔާއިން ޔުކްރެއިނުގެ ބާރުތައް ކަނޑުވާލާ އެގައުމު ހިފުމަށް ހަމަލާތައް ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މިހަމަލާތަކުގައި ދެގައުމުގެ އެތައްބަޔަކު މަރުވެފައިވާއިރު ޔުކްރެއިނުގެ އެތައް ލައްކަ ބަޔަކު ވަނީ ޔުކްރެއިނު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު