ސައުދީގައި ތިބި ޔުކްރެއިނުގެ ރައްޔިތުންގެ ވިސާގެ މުއްދަތު އިތުރުކޮށްދޭން ސައުދީ ސަރުކާރުން ނިންމައިފިއެވެ.

ސައުދީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ސައުދީގައި މިހާރު ތިބި ޔުކްރެއިނުގެ ރައްޔިތުންގެ ވިސާގެ މުއްދަތު އިތުރުކޮށްދޭން ނިންމާފައިވަނީ އިންސާނިއްޔަތަށްޓަކައެވެ. އެގޮތުން ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް އެއްވެސް ފީއެއް ނުނަގާނެކަމަށްވެސް ސައުދީ ސަރުކާރުން ހާމަކޮށްފައިވެއެވެ.

ވިސާގެ މުއްދަތު އިތުރުކޮށްދޭ މީހުންގެ ތެރޭގައި ސައުދީގައި މިހާރު ތިބި ޔުކްރެއިނުގެ ފަތުރުވެރިންނާއި، ވިޔަފާރިވެރިންނާއި އެކި ވަޒީފާ ތަކުގައި އުޅޭ ފަރާތްތައް ހިމެނެއެވެ.

އަދި ވިސާ މުއްދަތު އިތުރު ކުރުމަށް ވަކި މުއައްސަސާއަކަށް ދާކަށް ނުޖެހޭނެކަމަށްވެސް ސައުދީ ސަރުކާރުން ހާމަކޮށްފައިވެއެވެ.

ސައުދީ ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވަނީ ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ނެވެ. މިހަމަލާތަކާއެކު ރަޝިޔާ އަދި ޔުކްރެއިނުގެ އެއަރޕޯޓުތައް ބަންދުކޮށްފައިވުމުން، އެކިގައުމުތަކަށް ދަތުރުކޮށްފައިވާ ޔުކްރެއިނާއި ރަޝިޔާގެ ރައްޔިތުން ވަނީ އެގައުމުތަކުގައި ތާށިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން