އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ.
ކޮވިޑަށްފަހު ދުނިޔެ އަލުން އާރާސްތުކުރުމަށް އިންޑިއާގެ އެހީތެރިކަން ވަރަށް މުހިންމުވާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ ސިވިލް ސަރވަންޓުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމެއް ނިންމާލުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މޯދީ ގެ ވާހަކަފުޅުގައި ކޮވިޑް ބަލިމަޑުކަމުން މުޅި ދުނިޔެ އަރައިގަންނަމުންދާ މިދަނޑިވަޅުގައި ތަރައްގީގެ ތަސައްވަރު އަވަސްކުރުމަށް އިންޑިއާއިން އިސްދައުރެއް އަދާކުރުން މުހިންމުކަމަށް ވިދާޅުވެފައިވެއެެވެ.

"ކޮވިޑް ބަލިމަޑުކަމަށްފަހު ލޯ މިހުޅުވެނީ މުޅިން އާ ދުނިޔެއަކަށް. އެގޮތުން ތަރައްގީގެ ތަސައްވަރު އަވަސްކުރުމަށް އިންޑިއާއިން އިސްދައުރެއް އަދާކުރާނެ." އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވިއެވެ.

މީގެއިތުރުން އިންޑިއާ އަލުން ތަރައްގީކުރުމަށްވެސް އަވަސްވެގަންނަން ޖެހޭކަމަށް މޯދީ ވިދާޅުވިއެވެ.

ކޮވިޑް ބަލިމަޑުކަމުގައިވެސް ދުނިޔޭގެ އެކި ގައުމުތަކަށް އެހީތެރިވުމުގައި އިންޑިއާއިން ވަނީ ނަމޫނާ ދައްކާފައެވެ. ހާއްސަގޮތެއްގައި އިންޑިއާގެ އަވަށްޓެރިގައުމުތަކަށް ބޭހާއި، ވެކްސިނާއި، އޮކްސިޖަންގެ އިތުރުން އެކި ސިއްހީ އެހީތެރިކަން އިންޑިއާއިން ވަނީ ފޯރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން