މޭވާއަކީ ސިއްހަތަށް ފައިދާހުރި އެކި ވިޓަމިނާއި މިނަރަލްސްތަކުން ފުރިގެންވާ ކާނާގެ ބާވަތެކެވެ. އަދި އެކިކަހަލަ ސިއްހީ ފައިދާތަކަށް އެކި މޭވާ ހާއްސަ ވާކަމަށް އެކި ދިރާސާތަކުން ދައްކައެވެ.

އެގޮތުން މުސްކުޅިވުން ލަސްކޮށް ޒުވާންކަންމަތީ ގިނަދުވަހު ހުރުމަށް ފަޅޮލަކީ ހާއްސަ މޭވާއެއްކަމަށް ދީރާސާ އަކާ ހަވާލާދީ އެމެރިކާގެ ޑައިޓިޝަނަކު ވިދާޅުވެފައިވެއެވެ.

"ހަށިގަނޑު މުސްކުޅިވުން ލަސްކޮށްލުމަށް ޚާއްސަ ފަޅޮލަކީ އެނޫންވެސް އެތައް ފައިދާއެއް ލިއްބައިދޭ މޭވާއެއް. ފަޅޮލުން ލިބޭ ވިޓަމިނާއި މިނަރަލްސްތަކުން ހަށިގަނޑުގެ ސެލްތައް އަލުން އިޔާދަކޮށްދިނުމަށް އެހީތެރިވެދޭ." އެމެރިކާގެ ޑައިޓިޝަން އަދި ނިއުޓްރިޝަން ޕްރޮފެސަރ ޓްރިޝަރ ބެސްޓް ބުންޏެވެ.

ވިޓަމިނުގެ އިތުރުން ފަޅޮލަކީ އެންޓިއޮކްސިޑަންޓް ގިނަ މޭވާއެކެވެ. ފަޅޮލުގައި ހިމެނޭ ވިޓަމިނާއި އެންޓިއޮކްސިޑަންޓުން ހަށިގަނޑުގައި އުފެދޭ އޮކްސިޑޭޓިވް ސްޓްރެސް ދައްކޮށްދެއެވެ.

އޮކްސިޑޭޓިވް ސްޓްރެސްގެ ސަބަބުން ހަށިގަނޑުގެ ސެލްތަކާއި، ޕްރޮޓީން އަދި ޑީއެންނޭ ހަލާކުކޮށްލައެވެ. މިއާއެކު ހަންގަނޑުގައި ރޫޖެހި ހަންގަނޑު ދޫވެ މުސްކުޅިވަމުންދާ ކަމުގެ ނިޝާންތައް ފެންނަންފަށައެވެ. އޮކްސިޑޭޓިވް ސްޓްރެސްގެ ސަބަބުން ޑައިބެޓީޒް، ކެންސަރ، ފަދަ ބަލިތަކަށްވެސް ހަށިގަނޑު ހުށައެޅިގެންދެއެވެ.

އެންޓިއޮކްސިޑަންޓް އިތުރުކޮށްދޭ ޑައިޓަކާއެކު ކެއުމަށް ގެންނަ ބަދަލާއިއެކު ހަށިގަނޑުގައި އުފެދޭ އޮކްސިޑޭޓިވް ސްޓްރެސް ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ. މީގެއިތުރުން ފަޅޮލުގައި ހިމެނޭ ވިޓަމިން އޭ، ސީ އަދި ވިޓަމިން އީ ގެ އެހީގައި ފަޅޮލުން ލިބޭ އެންޓި އޭޖިންގް މާއްދާތައް އިތުރުކޮށްދީ ހަށިގަނޑު ޒުވާންކަންމަތީ ހިފަހައްޓައި ދެއެވެ.

މީގެއިތުރުން ފަޅޮލަކީ ހަށިގަނޑަށް ނުރައްކާތެރި އެކި ކެންސަރުގެ ބަލިތަކާއި، ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ މާއްދާތައް ގިނަ މޭވާއެކެވެ. އަދި ފަޅޮލުގައި ހިމެނޭ ފައިބަރގެ މާއްދާގެ ސަބަބުން ހަށިގަނޑުގެ ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅުވެ ބަޑުހަރުވުންފަދަ ކަންކަމުން ރައްކާތެރިވުމަށް އެހީވެދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން