ފިންލެންޑް.
ފިންލެންޑް.
ދުނިޔޭގެ އެންމެ އުފާވެރި ގައުމުގެ ގޮތުގައި ޖެހިޖެހިގެން ފަސް އަހަރު ފިންލޭޑް ހޮވިއްޖެއެވެ.

ކޮންމެ އަހަރަކު އެއްފަހަރު އާންމު ކުރާ މިލިސްޓަކީ އދ އިން އެކުލަވާ ލިސްޓެކެވެ. މިލިސްޓު އެކުލަވާލުމަށް، ކޮންމެ ގައުމަކުން އުފައްދާ ތަކެތިން ޖެހޭ ފައިދާއާއި، ސޯޝަލް ސަޕޯޓް، އާންމު ސިއްހަތު، ކަންކަން ނިންމުމުގައި އަމިއްލަ މިނިވަންކަން، މުޖްތަމައުގެ މެދުގައި އޮންނަ ދީލަތިކަމާއި ކޮރަޕްޝަނާއި މެދު ދެގޭގޮތުގެ މައްޗަށް ދިރާސާއެއް ކުރެއެވެ.

އެގޮތުން މިއަހަރު އާންމު ކޮށްފައިވާ މި ދިރާސާ ރިޕޯޓުން ފިންލޭންޑު އެންމެ ކުރީގައި ހިމެނިފައިވާއިރު، ޑެންމާރކް، ސްވިޒަރލޭންޑް، އައިސްލޭންޑް އަދި ނެދަރލޭންޑްސް މިލިސްޓުގެ ގަދަ ފަހެއްގައި ހިމެނިފައިވެއެވެ.

މިލިސްޓުން ދެކުނު އޭޝިއާއިން އެންމެ ކުރި ހޯދާފައިވަނީ ނޭޕާލެވެ. އެގޮތުން މިލިސްޓުގެ 85 ވަނައިގައި ނޭޕާލް ހިމެނިފައިވާއިރު، ދިވެހި ރާއްޖެ ހިމެނެނީ ލިސްޓުގެ 87 ވަނައިގައެވެ. މީގެއިތުރުން، ލިސްޓުގެ 99 ވަނައިގައި ބަންގްލަދޭޝް، 103 ވަނައިގައި ޕާކިސްތާނު އަދި 126 ވަނައިގައި ސްރީލަންކާ ހިމެނިފައިވެއެވެ. ދެކުނު އޭޝިއާއަށް ނިސްބަތްވާ އިންޑިއާ ހިމެނިފައިވަނީ މިލިސްޓުގެ 136 ވަނައިގައެވެ.

މިލިސްޓުގެ އެންމެ ފުލުގައި އޮތީ އަފްގާނިސްތާނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން