30 އަހަރަށްފަހު ސައުދީގައި މަސައްކަތްކުރުމަށް ތައިލެންޑުން މީހުން ފޮނުވަން ނިންމައިފިއެވެ.

ތައިލެންޑު ސަރުކާރު ހާމަކޮށްފައިވާގޮތުގައި ސައުދީގައި މަސައްކަތްކުރާނެ ލޭބަރުން ގެންދާނީ ދެގައުމުގެ ސަރުކާރުގެ މެދުގައި ސޮއިކުރާ އެއްބަސްވުމެއްގެ ތެރެއިންނެވެ. އެގޮތުން މިއެއްބަސްވުމުގައި މިމަހުގެ ތެރޭގައި ސޮއި ކުރާނެކަމަށް ތައިލެންޑު ސަރުކާރުން ހާމަކޮށްފައިވެއެވެ.

މީގެ 30 އަހަރު ކުރިން ސައުދީ އަކީ ތައިލެންޑު މީހުންނަށް މާކަމުދާ މަންޒިލެކެވެ. އެގޮތުން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައާއި ސައުދީގައި އެކި ކަހަލަ ވަޒީފާ އަދާ ކުރުމުގައި ތިން ލައްކަ އަށްވުރެ ގިނަ ތައިލެންޑުގެ ރައްޔިތުން އޭރު ސައުދީގައި ދިރިއުޅެމުންދިޔައެވެ.

ނަމަވެސް މިކަންކަމަށް ހުރަސްތަކެއް އެޅިގެން ދިޔައީ ދެގައުމުގެ ރަސްމީ ގުޅުންތައް ކެނޑުނު ހިސާބުންނެވެ.

ނަމަވެސް މިއަހަރު ސައުދީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ހާއްސަ ދައުވަތަކަށް ތައިލެންޑުގެ ބޮޑުވަޒީރު ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި، ސައުދީ އަދި ތައިލެންޑުގެ ދާޚިލީ ގުޅުންތައް ވަނީ އަލުން އިޔާދަކޮށްފައެވެ. މިއާއެކު ސައުދީން އެކުލަވާލީ ލޭބަރުން ފޮނުވުމުގެ އެއްބަސްވުންވެސް ވަނީ ތައިލެންޑުން ބަލައިގަނެފައެވެ.

ސައުދީއަށް ތައިލެންޑުގެ ލޭބަރުން ފޮނުވުމުގެ އެއްބަސްވުމާއިއެކު މިއަހަރުގެ މެއިމަހު، ތައިލެންޑުގެ ލޭބަރުންގެ ފުރަތަމަ ގްރޫޕް ސައުދީއަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް ތައިލެންޑު ސަރުކާރުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން