އިންޑޮނޭޝިޔާގައި ކުކިންގް އޮއިލް ގަތުމަށް ކިއުގައި ޖެހިއްޖެއެވެ.

ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ވިއްކާ ގައުމުކަމަށްވާ ރަަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާއެކު ބައިނަލްއަގުވާމީ ވިޔަފާރިތައްކުރުމަށް ވަނީ ހުރަސްތަކެއް އަޅާފައެވެ. މިއާއިއެކު ރަޝިޔާއިން ތެޔޮ ގަންނަ ދުނިޔޭގެ އެކި ގައުމުތަކުން ވަނީ ތެލަށް ޖެހިފައެވެ.

ތެލަށް ޖެހިފައިވާ އިންޑޮނޭޝިޔާގެ ރައްޔިތުން ތެޔޮ ހޯދުމަށް ކިއުގައި ޖެހެމުންދާއިރު، ކިޔު ދިގުވެ ފިތި ބާރުވެ ދެ މީހަކު އިއްޔެ ވަނީ މަރުވެފައެވެ.

ދަ ސެންޓަރ ފޯ ގްލޯބަލް ޑިވެލޮޕްމެންޓުން ލަފާކޮށްފައިވާގޮތުގައި ރަަޝިޔާ އަދި ޔުކްރެއިނު ހަނގުރާމައިގެ ސަބަބުން ތެލުގެ އިތުރުން ކާބޯތަކެތީގެ އަގުބޮޑުވެ ދުނިޔޭގެ 40 މިލިއަނަށްވުރެއް ގިނަ މީހުން ކާބޯތަކެއްޗަށް ޖެހި ހާލުގައި ޖެހޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން