ކުރިއަށް އޮތް ފަސް އަހަރުތެރޭގައި އިންޑިއާގެ ތަރައްގީއަށް މަސައްކަތްކުރުމަށް ޖަޕާނުން އިންޑިއާއަށް 42 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަނޑައަޅައިފިއެވެ.

މިކަން އިއުލާންކޮށްދީފައި ވަނީ، ރަޝިޔާއާއި ޔުކްރެއިނުގެ ހަމަނުޖެހުމުގެ ތެރެއިން ދުނިޔޭގެ އެކިގައުމުތަކުން ތަހައްމަލު ކުރަމުންދާ އިގްތިސާދީ ގޮންޖެހުންތަކާއެކު، އިންޑިއާ އަދި ޖަޕާނުގެ އިގްތިސާދުގެ ގުޅުންތައް ވަރުގަދަ ކުރުމަށް އިންޑިއާގެ ބޮޑުވަޒީރާއި ޖަޕާނުގެ ބޮޑުވަޒީރުގެ މެދުގައި ކުރަމުންދާ މަޝްވަރާތަކަށްފަހުއެވެ.

އެގޮތުން ދެބޭފުޅުން މަޝްވަރާތައް ހިއްސާކުރައްވަމުން ޖަޕާނުގެ ބޮޑިވަޒީރު ފޫމިއޯ ކިޝިދާ ވިދާޅުވީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިނގާ އެކި ހަމަނުޖެހުންތަކުގެ ތެރެއިން ސުލްޙައިގެ މަޝްވަރާތައް ކުރުމުގެ މުހިންމުކަމަށް އިސްކަމެއް ދިނުން މުހިންމު ކަމަށެވެ. ހާއްސަގޮތެއްގައި އިންޑޯ ޕެސިފިކް ސަރަހައްދުގައި ސުލްޙައިގެ މަސައްކަތް ކުރުމަށް ބާރުއެޅުމަށް ޖަޕާނާއި އިންޑިއާއިން މަސައްކަތް ކުރުން މުހިންމުކަމަށްވެސް ދެގައުމުން ވަނީ އެއްްބަސްވެފައެވެ.

ދެބޭފުޅުންގެ މަޝްވަރާތަކުގައި ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލަތައް ދެގައުމުން ކުށްވެރިކުރި ނަމަވެސް ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އެހަމަލާތައް ހުއްޓާލުމަށް އދ އިން ގޮވާލި ގޮވާލުމަށް ވޯޓު ނުދިން ގައުމުތަކުގެ ތެރޭގައި އިންޑިއާ އަދި ޖަޕާން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން