ގިރިފުށީ ބަނދަރުގެ މަސައްކަތް ކުރިޔަށް ދަނީ - ފޮޓޯ: އެމްޓީސީސީ
ގިރިފުށީ ބަނދަރުގެ މަސައްކަތް ކުރިޔަށް ދަނީ - ފޮޓޯ: އެމްޓީސީސީ
މާލެއަތޮޅު ގިރިފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ގިރިފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބޭރު ތޮށި ލުމުގެ މަސައްކަތެވެ. އެގޮތުން އެ މަސައްކަތުގެ 62 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ދަށުން، 268 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 46 މީޓަރުގެ ސަރަހައްދެއްގައި ނެރު ބޭރުތޮށި ލުމުގެ މަސައްކަތް ކުރުން ހިމެނިފައިވެއެވެ.

މި މަޝްރޫޢަކީ 18.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ފެށުމަށް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ، ގިރިފުށީގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު އަންނަ ޖުލައި މަހުގެ ކުރިން ނިންމާ ޑިފެންސް މިނިސްޓްރީއާ ހަވާލުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޒަމާނުއްސުރެ ރާއްޖޭގެ ސިފައިން ތަމްރީނުކުރާ މައި މަރުކަޒު ހުންނަނީ ގިރިފުށީގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން