ޔުކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަދި އިޒްރާއީލުގެ ބޮޑުވަޒީރު ނަފްޓާލީ ބެނެޓް.
ޔުކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަދި އިޒްރާއީލުގެ ބޮޑުވަޒީރު ނަފްޓާލީ ބެނެޓް.
ރަޝިޔާއާއިއެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށްގެންދަން އެންމެ ރަނގަޅީ އިޒްރޭލުގައިކަމަށް ޔުކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޔުކްރެއިނުގެ ރައީސް މިހެން ވިދާޅުވެފައިވަނީ އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށްފަހު ޔުކްރެއިނުގެ ރައްޔިތުންނާ މުޙާތަބު ކުރައްވާ އާންމު ކުރި ވީޑިއޯ މެސެޖެއްގައެވެ.

އެގޮތުން ޒެލެންސްކީ ވިދާޅުވީ ރަޝިޔާއާއި ޔުކްރެއިނު ދެމެދުގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށްގެންދަން އިޒްރާއީލުގެ އެހީތެރިކަން ލިބޭނެކަމަށާއި، މިމަޝްވަރާތައް ފަށައިދިނުމަށް އިޒްރޭލުގެ ބޮޑު ވަޒީރު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

"އިޒްރާއީލުގައި ސުލްޙައިގެ މަޝްވަރާތައް ކުރިއަށް ގެންދެވޭގޮތް ހަމަޖެއްސުމުގެ މަސައްކަތް އިޒްރާއީލުގެ ބޮޑުވަޒީރު ބެނެޓް ކުރިއަށްގެންދަވާ އެބަ. މިކަމަށް އަހަރުމެން ވަރަށް ބޮޑަށް ޝުކުރުވެރިވަން. އިޒްރާއީލުގެ ބޮޑުވަޒީރުގެ އެހީގައި ޖެރޫސަލާމުގައި ރަޝިޔާއާއި އެކު ސުލްޙައިގެ މަޝްވަރާތައް ވަރަށް އަވަހަށް ފެށިގެން ދާނެ." ޔުކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވިއެވެ.

މީގެއިތުރުން ޔުކްރެއިނާ އެންމެ ގާތް އެއްގައުމުކަމަށްވާ އިޒްރާއީލުގައި ގާއިމުކޮށްފައިވާ އަޔަން ޑޯމް މިސައިލް ޑިފެންސް ސިސްޓަމް ޔުކްރެއިނަށް ވިއްކުމަށްވެސް ޔުކްރެއިނުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް އިޒްރާއީލުން ވަނީ އަޔަން ޑޯމް މިސައިލް ޑިފެންސް ސިސްޓަމް ވިއްކުމާ ދެކޮޅު ހަދާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން