ކެފެއިން ގިނަ އަދަދަކަށް އެކުލެވޭ ކޮފީ އަކީ އެނަރޖީ ބޫސްޓް ކޮށްލުމުގެ އިތުރުން ނިދިފިލުވާލަންވެސް އާންމުކޮަށް ބޭނުންކުރާ ބުއިމެކެވެ. އަދި މިހާރު ކޮފީ ބުއިމަކީ ޒުވާނުންގެ މެދުގައި ސަޅި ޓްރެންޑަކަށް ވެފައިއޮންނަކަމެކެވެ.

ނަމަވެސް ކޮފީ އިން ސިއްހަތަށް ލިބޭ ފައިދާތަކަށްވުރެ ލިބޭ ގެއްލުން ބޮޑު ކަމަށްވެސް ބައެއް ސިއްހީ މާހިރުން ފާހަގަކުރެއެވެ. އެގޮތުން ހާޓް ރޭޓް މައްޗަށް ދިއުމާއި އެންޒައިޓީ ލެވެލް މައްޗަށް ދިއުމުގެ އިތުރުން ހަޖަމު ކުރުމުގެ ނިޒާމަށްވެސް އެކިކަހަލަ ގެއްލުންތައް ކުރިމަތި ވާކަމަށްވެއެވެ.

ދެން އެހެން ވީމާ ކޮފީ ބުއިން ހުއްޓާލީމާ ހަށިގަނޑަށް ލިބޭ ފައިދާ ތަކަކީ ކޮބައިކަން ދެނެގަތުންވެސް މުހިންމެވެ.

ކޮފީ ބުއިން ހުއްޓާލީމާ ހަށިގަނޑަށް ލިބޭ ފައިދާ ތަކުގެތެރޭގައި:

▪︎ ފަސޭހައިން ނިދުން



ކޮފީގައި ހިމެނޭ ކެފެއިން އަކީ ސިކުނޑި އަދި ނަރވަސް ސިސްޓަމުގެ މަސައްކަތްތައް އަވަސްކޮށްލާ ސްޓިމިއުލަންޓެކެވެ. އެގޮތުން ގިނަގިނައިން ކޮފީ ބޯނަމަ ހަމަ ނިދި ނިދާލުމަށް އެތައް އުނދަގޫތަކެއް ކުރިމަތިވެއެވެ. ނަމަވެސް ސިއްހަތު ރަނގަޅު ޑައިޓެއްގައި ކެފެއިން ހަށިގަނޑަށް ލިބޭ މިންވަރު ދަށްކޮށްލުމުން ނިދަން ފަސޭހަވެގެންދާކަމަށް ދިރާސާ ތަކުން ދައްކައެވެ.

▪︎ ދަތްތައް ހަލާކުވުމަށް އޮންނަ ރިސްކު ދައްވުން



ދަތްތަކުގެ ކުލަ ހަޑިކޮށްލުމުގެ އިތުރުން ކޮފީ އަކީ ދަތްތަކުގެ ބާރުވެސް ދައްކޮށްލާ ބުއިމެކެވެ. މީގެއިތުރުން ކޮފީގެ ސަބަބުން އަނގައިގައި ކުޅު އުފައްދައިދޭ މިންވަރުދަށްކޮށްދީ އަނގަ ހިކެންވެސް މެދުވެރިވެއެވެ. މިއާއެކު ދަތްތަކާއި ހިރުގަނޑު ހަލާކުވުމަށް މަގުފަހިވެގެންދެއެވެ.

▪︎ ހަންގަޑު ޒުވާންކޮށް ގިނަދުވަހު ދެމެހެއްޓުން



މާގިނައިން ކޮފީ ބޯނަމަ ހަންގަނޑުގައި ރޫޖެހި ޒުވާންކަން ގެއްލިގެން ދާކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. ކޮފީގެ ސަބަބުން ހަށިގަނޑުގައި އުފައްދާ ކޮލާޖެންގެ މިންވަރުވެސް ދައްކޮށްލައެވެ. ކޮލާޖެން އަކީ ހަންގަނޑު ދޫވެ ރޫޖެހުން ދައްކޮށްދޭ ޕްރޮޓީންއެކެވެ.

▪︎ ލޭގެ ޕްރެޝަރ ދައްކޮށްދިނުން



ލޭގެ ޕްރެޝަރ މައްޗަށް ދިއުމަކީ ސިއްހަތަށް ނުރައްކާވާ ކަމެކެވެ. ކޮފީގައި ހިމެނޭ ކެފެއިންގެ ސަބަބުން ލޭހޮޅިތަކަށް ބޭނުންވާ ހޯމޯންތައް ދަށްކޮށްލުމުގެ ސަބަބުން ބޭނުންވާވަރަށްވުރެ ގިނައިން ހަށިގަނޑުގައި އެޑްރިނަލިން އިތުރުވެ ލޭގެ ޕްރެޝަރ މައްޗަށް ދާން މަގުފަހިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-18

މަރީ

29-Mar-2022

ހުސްފޭކް ވާހަކަތައް , އެއްފަހަރު ބުނާނެ ދިރާސާ ތަކުން ދައްކަޔޭ ކޮފީ ބުއިން ހުއްޓާ ނުލާށޭ , ވަރަށް ފައިދާ ވާކަމަކޭ . ގޯޅްޑް ބްލޭޑަރ ގައި ހިލަ އުފެދުމާއި ޕްރެސްޓޭޓް ކެންސަރ ފަދަ ބަލިތަކުންވެސް ރަްއްކާތެރިކޮއްދެޔޭ


9

ބޭބެ

29-Mar-2022

މީގަލިޔެފަހުރީ އެއްވެސް ތަޖުރިބާއެއްނެއްވާާހަކަތަކެއް! ތެދައްވުރެ ގިނައީދޮގު!



ޓްރެންޑިން