އިއްޔެ މެންދުރުފަހު ވެއްޓުނު ޗައިނާ އީސްޓަރން އެއަރލައިންގެ ފްލައިޓުން ދަތުރު ކުރި އެއްވެސް މީހަކު ސަލާމަތް ނުވާކަމަށް ޗައިނާއިން ހާމަކޮށްފިއެވެ.
ޗައިނާ އީސްޓަރން އެއަރލައިންގެ ފްލައިޓު، ބޮއެއިންގ 800-737، މަރުކަގާފެ މަތިންދާބޯޓު އިއްޔެ ވެއްޓިފައިވަނީ ކްރޫއިންނާއިއެކު 132 ފަސިންޖަރުން ގޮވައިގެން ދަތުރުކުރަނިކޮށެވެ. ޗައިނާގެ ކުންމިންގ ސިޓީއިން ގުއަންގޒޯ ސިޓީއަށް ދަތުރު ކުރަމުންދިޔަ މި ފްލައިޓު ވެއްޓިފައިވަނީ ޗައިނާގެ ވޫޒޯ ސިޓީ ސަރަހައްދަށެވެ.
ޗައިނާގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މި ފްލައިޓު ވެއްޓުމުގެ ކުރިން ފްލައިޓުގައި އަލިފާންރޯވެފައިވާކަމަށާއި، އެގޮތުން ރޯވި ހުޅުގަނޑު ބޮޑުކަމުން ނާސާގެ ސެޓެލައިޓު ކެމެރާތަކަށްވެސް މިމަންޒަރު ސާފުކޮށް ފެނިގެންދިޔަކަމަށްވެއެވެ.
މިބޯޓު ވެއްޓުމާއިއެކު ހަރަކާތްތެރިވަމުންދިޔަ ރެސްކިއު ޓީމުތަކުން 18 ގަޑިއިރަށް ވުރެ ގިނައިރުވަންދެން ކުރިއަށްގެންދިޔަ މަސައްކަތަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގައި މިފްލައިޓުން ދަތުރު ކުރި އެއްވެސް މީހަކު ސަލާމަތް ނުވާކަމަށް ވަނީ ހާމަކޮށްފައެވެ. ނަމަވެސް ފްލައިޓުގެ ހަލާކުވެފައިވާ ބައިތައް ހަމަކުރުމާއި، މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމުގެ މަަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
މިއީ މިފަހަކުން މިހާތަނަށް ޗައިނާގެ ވައިގެ އުދުހުމުގައި ދިމާވީ އެންމެ ނުރައްކާތެރި ހާދިސާއެވެ. މިހެންކަމުން މިހާދިސާ ތަހުގީގުކޮށް ބޯޓު ވެއްޓުން ސަބަބު ހޯދުމަށް ޗައިނާގެ ރައީސް ވަނީ ކަމާބެހޭ ވުޒާރާތަކަށް އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު