ރ. މަަޑުއްވަރީގައި ހުންނަ ޒަމާނީ މިސްކިތެއް
ރ. މަަޑުއްވަރީގައި ހުންނަ ޒަމާނީ މިސްކިތެއް
ދެއްކުންތެރިކަމަށް ކުރާ ޞަދަޤާތުގެ އެއްވެސް ފައިދާއެއް ނެތްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

އިހްލާސްތެރި ކަމެއް ނެތި، ކުރާ ޞަދަޤާތަކީ ބާތިލު ޞަދަޤާތެެއް ކަމަށާއި އިހުލާސްތެރިކަމެއް ނެތި ރަން ފަރުބަދައެއް ސަދަގާތް ކުރިޔަސް އެއީ އަގެއް ހުރި ޞަދަޤާތެއް ނޫން ކަމަށް މިއަދު ޚުތުބާގައި ބުނެފައިވެއެވެ. ޞަދަގާތް ކުރުމުގެ އެންމެ މޮޅު އިތުރު ގޮތަކީ ސިއްރުން ސަދަގާތް ކުރުން ކަމަށާއި، ދެއްކުންތެރިކަމަށް ސަދަގާތް ކުރުމަކީ އަޒާބު ލިބެނިވި ކަމެއް ކަމަށް ވެސް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.

އިސްލާމްދީނުގައި ޝަރުޢު ކުރައްވާފައިވާ ކޮންމެ ކަމެއްގައިވެސް ޙިކުމަތެއް ވާކަމަށާއި އެގޮތުން ޞަދަޤާތަކީ ފާފަތައް ފުއްސަވައި ސުވަރުގެއާ ހަމައަށް ތިބާ ގެންގޮސްދޭނޭ ފާލަމެއްކަމަށް މިއަދު ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ. އެހެން ކަމުން ތިބާ ޞަދަޤާތް ކުރުމުގައި އިޚްލާޞްތެރި ވާން ޖެހޭ ކަމަށާއި އެހެނީ އިޚްލާޞްތެރިވުމަކީ ކޮންމެ ހެޔޮ ޢަމަލެއްގެ ތަނބުކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

އިހުލާސްތެރިކަމެއް ނެތި ކުރެވޭ ސަދަގާތަކީ އެއްވެސް އަގެއް ހުރި އަމަލެއް ނޫންކަމަށާއި އެ އަމަލު ވާހުށީ ބާތިލު އަމަލެއް ކަމުގައި ބަޔާންކޮށް، ގިޔާމަތް ދުވަހު ނަރަކައަށް އެއްލާލެވޭ ތިން ބާވަތެއްގެ މީހުންގެ ތެރޭގައި ދެއްކުންތެރިކަމަށް ސަދަގާތް ކުރާ މީހުން ހިމެނޭ ކަމަށް ގުދުސީ ހަދީސެއްގައި ވާކަމަށް ހުތުބާގައި ފާހަގަކުރިއެވެ.

ހުތުބާގައި ބުނެފައި ވަނީ ﷲގެ މަގުގައި ހޭދަ ކުރުމަކީ ވަކި މީހަކަށް ހާއްސަކަމެއް ނޫން ކަމަށާއި އެއީ އެންމެނަށްވެސް ކުރެވޭނެ އަޅުކަމެއް ކަމަށެވެ. އަދި އެކަމަކީ އެކަލާނގެ ރުހުން ލިބި ގިނަ ސަވާބު ލިބޭ ކަމެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ސިއްރުން ޞަދަޤާތްކުރުމުގެ މުހިއްމުކަން ބަޔާންކޮށް މިއަދުގެ ޚުތުބާގައި ވަނީ، ޞަދަޤާތް ދިނުމަކީ ސިއްރާއި ފާޅުގައި ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް މީގެ ތެރެއިން އެންމެ މޮޅު އިތުރު ގޮތަކީ، ސިއްރުން ޞަދަޤާތް ކުރުން ކަމަށާއި، ސިއްރުން ﷲ ތަޢާލާ އަށް އަދާކުރެވޭ އަޅުކަމަށް ޚާއްޞަ މަޤާމެއް އެކަލާނގެ ދެއްވާފައިވާ ކަމަށް ޞައްޙަ ޙަދީޘުން އެނގެން އޮންނަ ކަމަށެވެ.

ސަދަގާތް ކުރުމަކީ މަރުވުމަށް ފަހުގައިވެސް އޭގެ ސަވާބު ލިބޭ ކަމެއް ކަމަށާއި، އެގޮތުން ތިމާ ދޫކޮށްފައި ދިޔަ އިލްމަކުންނާއި، ތިމާއަށްޓަކައި ހެޔޮ ދުއާ ކުރާ ދަރީންނާއި ދެމިގެންވާ ސަދަގާތުން ތިމާ މަރުވުމަށްފަހުގައިވެސް ސަވާބު ލިބިލިބި ހުންނާނެ ކަމަށް ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ. އަދި މުދަލަކީ އިމްތިހާނެއް ކަމަށާއި މުދަލަށް ލޯބި ކުރުމަކީ އިންސާނާގެ ފިތުރަތުގައިވާ ކަމެއް ކަމުގައި ވީނަމަވެސް އެއީ ވަގުތީ އުފަލެއްދީ ފަނާވެދާ އެއްޗެއްކަން ވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން