އެމްޓީސީސީން މަހާޖައްރާފަށްވުރެ ބޮޑޫ ޑްރެޖަރެއް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ބިން ހިއްކުމުގެ މަސައްކަތް ފުޅާކުރުމަށްޓަކައި އެމް.ޓީ.ސީ.ސީން ބަނދެފައިވާ "މަހާ ޖައްރާފު" ބޭނުންކޮށްގެން ރާއްޖޭގައި ބިންހިއްކުމުގެ ބޮޑެތި މަޝްރޫއުތައް އެކުންފުނިން ގެންދަނީ ހިންގަމުންނެވެ. 36 މިލިއަން ޑޮލަރު ޙަރަދުކޮށްގެން ބަނދެފައިވާ މަހާ ޖައްރާފަކީ ކަނޑުގެ 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ.
އެމްޓީސީސީން ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތުދެމުން ބުނެފައިވަނީ އެކުންފުނީގެ ކެޕޭސިޓީ އިތުރުކުރުމަށް ދެ ޑްރެޖަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބިން ހިއްކުމުގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށް މިހާރު އެމްޓީސީސީން ގެންގުޅޭ މަހާޖައްރާފަށް ވުރެ ބޮޑު ޑްރެޖަރެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ޑްރެޖަރުތައް މިއަހަރުގެ ތެރޭގައި ގެނެވޭތޯ މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
"މަހާ ޖައްރާފު" ބަނުމުގެ މަސައްކަތް ނިންމާ، އެމް.ޓީ.ސީ.ސީއާއި ރަސްމީކޮށް ހަވާލުކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހުއެވެ. އެ އުޅަނދުގެ ދިގުމިނުގައި 90 މީޓަރު ހުރެއެވެ. އަދި އެބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު