ގަން އިންޓަރނޭޝަނަލް އެއަރޕޯޓް
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް
ސްރީލަންކަން އެއާލައިންސުން ކޮޅުނބާއި އައްޑޫސިޓީ ގަމާއި ދެމެދު ހަފްތާއަކު ދެދަތުރު ބޭއްވުމަށް ނިންމައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ދަތުރުތައް މެދުކަނޑާލުމަށްފަހު އައްޑޫ ސިޓީ ގަމަށް ސްރީލަންކަން އެއަރލައިންސްގެ ސީދާ ދަތުރުތައް އަލުން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރ 4 ވަނަ ދުވަހުއެވެ.

ސްރީލަންކަން އެއަރލައިންސުން ބުނީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން، ގަމާއި ކޮލަމްބޯއާ ދެމެދު ހަފްތާއަކު ދެ ދަތުރުކުރާނެ ކަމަށެވެ. އަދި އެ ފްލައިޓްތައް މެދުވެރިކޮށް ސައުދީ އަރަބިއްޔާ، ދުބާއީ، ޖަރުމަނުގެ ފްރޭންކްފާޓް، ފްރާންސްގެ ޕެރިސް އަދި އިނގިރޭސިވިލާތުގެ ލަންޑަނަށް ކަނެކްޝަން ފްލައިޓު ލިބޭނެއެވެ.



ސްރީލަންކަނުން އައްޑޫއަށް ސީދާ ދަތުރުތައް ފަށާފައިވާއިރު ކޮލަންބޯ-ގަމުގެ ދަތުރުތަކުގެ ކަނެކްޝަން ފްލައިޓުތައް، މާލެއާއި ހުވަދޫއަށް ހަމަޖައްސައިދޭނެ ކަމަށް މޯލްޑިވިއަނުންވެސް ވަނީ ބުނެފައެވެ.

ސްރީލަންކަނުން އައްޑޫއަށް 2016އިން ފެށިގެން ކުރަމުންއައި ދަތުރުތައް ހުއްޓާލާފައިވަނީ ކޯވިޑާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭރު އަޅަމުންދިޔަ ފިޔަވަޅުތަކާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން