ރާމާ މަކުނުތަކެއް- މިހާރު ކާން ނުލިބޭތީ ވަލު ޖަނަވާރު މިހާރަކަށް އައިސް ވަރަށް ގިނައިން ރަށުތެރެއަށް އަރައިގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނޭ
ރާމާ މަކުނުތަކެއް- މިހާރު ކާން ނުލިބޭތީ ވަލު ޖަނަވާރު މިހާރަކަށް އައިސް ވަރަށް ގިނައިން ރަށުތެރެއަށް އަރައިގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނޭ
އިންޑިއާގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ބައެއްގެ ސާމްޕަލް، ރާމާ މަކުނުތަކެއް ޖަހައިގަނެފިއެވެ.

ރޮއިޓާސް އިން ބުނެފައިވަނީ އިންޑިއާގެ މީރުތުގައި ހިނގާފައިވާ މިހާދިސާގައި ބަލި ޖެހިފައިވާ ބައެއްގެ ސާމްޕަލް ރާމާ މަކުނުތައް ޖަހައިގަތީ، ސަރުކާރުގެ މެޑިކަލް ކޮލެޖުގެ ކޭމްޕަސް ތެރޭގައި ލެބޯޓްރީ ޓެކްނީޝަނަކު އެ ސާމްޕަލްތައް ހިފައިގެން ދަނިކޮށް އޭނާއަށް ހަމަލާ ދިނުމަށް ފަހުގައެވެ.

މި ސާމްޕަލް ތަކަކީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ބައެއްގެ ސާމްޕަލް ތަކެއް ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައި ވެއެވެ.

"ރާމާ މަކުނުތައް އައިސް ހަމަލާ ދީފައި ޓެކްނީޝަން އަތުން ޖަހައިގަނެގެން ދިޔައީ. އެ ހަތަރު މީހުންގެ ސާމްޕަލަކީ ވެސް ބައްޔަށް ޕޮޒިޓިވް ވެގެން ފަރުވާ ދެމުން ގެންދާ ބައެއްގެ ސާމްޕަލް." އުއްތަރަ ޕްރަދޭޝްގެ ވެރިރަށް ލަކްނޯއާއި 460 ކިލޯމީޓަރު ދުރުގައި އޮންނަ މީރުތުގައި ހިނގާފައިވާ މިހާދިސާއާއި ގުޅޭގޮތުން މައުލޫމާތު ދެމުން ޑރ. އެސް ކޭ ގާރގް ބުނެފައި ވެއެވެ.

މަކުނުތައް ޖަހައިގަނެގެން ގެންދިޔަ ސާމްޕަލްތައް ބަންޑުންވެފައިވާ ކަން ކަށަވަރު ނުވި ނަމަވެސް މިކަމާމެދު އެ ސަރަހައްދުގެ މީހުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އަދި ރާމާ މަކުނުތަކުގެ ގަޔަށް އެލޭގެ އަސަރު ކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގޭ ކަމަށް ގާރގް ބުނެފައި ވެއެވެ.

ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސާމްޕަލް ތަކާއެކު މަކުނުތައް ވަނީ އަންގިތަކެއް ވެސް ޖަހައިގަނެގެން ގެންގޮއްސައެވެ. މަކުނުތައް ޖަހައިގެން އަންގިތައް ކާން އުޅޭ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވާ ވިޑިއޯއަކުން ފެންނަ ކަމަށް ވެސް ނޫސްތަކުގައި ބުނެފައި ވެއެވެ.

ނޮވެލް ކޮރޯނާ ވައިރަސް އިންސާނުންގެ ގަޔަށް އެރިކަމަށް ބެލެވެނީ ޗައިނާގެ ވޫހާން ސިޓީގެ ވަލުޖަނަވާރު ވިއްކާ މާރުކޭޓަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން