މާޝާ މިދުހަތު   26 މާރިޗު 2022 - 15:47
ބަރުދަން ލުއިކޮށްލައި ހަށިގަނޑުގައި ވަރުޖައްސާލުމަށް އެންމެ ރަނގަޅީ ދޮންކެޔޮކަމަށް ގިނަ ޑައިޓީޝަނުން ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން ރަނގަޅު ޑައިޓެއްގައި ދޮންކެޔޮ ހިމެނުން ވަރަށް މުހިންމުކަމަށްވެއެވެ.

ދޮންކޭލުގައި ކާބޯހައިޑްރޭޓްސް ގިނައިން އެކުލެވޭ ކަމަށް ބުނެ ގިނަބަޔަކު އަދިވެސް ދަނީ ދޮންކެޔޮ ކެޔުން މަދުކުރަމުންނެވެ. ނަމަވެސް ސިއްހަތަށް ފައިދާހުރި ބެލަންސްޑައިޓެއްގައި ދޮންކެޔޮ ހިމެނުމަށް ގިނަ ޑައިޓީޝަނުން ލަފާދެއެވެ.

ދޮންކޭލުން ބަރުދަން ލުއިކޮށްލުމަށް ލިބޭ ފައިދާ ތަކުގެ ތެރޭގައި:

▪︎ ދޮންކޭލުގައި ގިނަ އަދަދަކަށް ފައިބަރ އެކުލެވުމުން ހަޖަމު ކުރާ ނިޒާމަށް އިތުރު އެހީތެރިކަމެއް ލިބުމާއި، އަބަދު ބަނޑުހައިވެފައި ހުރުން ދައްކޮށްދޭ.

▪︎ ދޮންކޭލަކީ ފޮނި މޭވާއެއްކަމުން، ސިއްހަތަށް ފައިދާހުރި ފޮނިކެއުމެއްގެ ގޮތުގައިވެސް ދޮންކެޔޮ ބޭނުންކުރުން.

▪︎ ދޮންކޭލުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ބަނޑުހައިކަން ދައްކޮށްދީ ބަނޑުފުރިފައި ގިނައިރު ހުރުމަށް އެހީތެރިވެދެއެވެ. މީގެ ސަބަބުން ގިނައިން ކެއުންވެސް ދައްކޮށްދެއެވެ.

▪︎ ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމަށްވެސް ދޮންކެޔޮ އެހީތެރިވެދެއެވެ. އެގޮތުން ހަށިގަނޑުގައި ހުންނަ ހަކުރު އަވަހަށް ޕްރޮސެސްކޮށް ވިރުވާލަން އެހީވެ ބަރުދަން ލުއިކުރުމަށްވެސް ބާރުއަޅައެވެ.

▪︎ ދޮންކޭލަކީ ވަރުޖައްސާލުމަށް ރަނގަޅު މޭވާއެކެވެ. އަދި މީގައި ހިމެނޭ މެލަޓޮނިން މާއްދާގެ ސަބަބުން ނިދަން ފަސޭހަވެގެންދާކަމަށްވެސް ޑައިޓީޝަނުން ފާހަގަކުރެެއެވެ.

▪︎ ގަވާއިދުން ކަސްރަތު ކުރާނަމަ ސިއްހަތަށް ފައިދާހުރި ރަނގަޅު ޑައިޓެެއްގައި ދޮންކެޔޮ ހިމެނުން މުހިންމެވެ. ދޮންކޭލުގެ ސަބަބުން އަކުނޑިވަޔަށް ދެމުންކަހަލަ ކަންކަމާ ދުރުކޮށްދޭކަމަށްވެސްވެއެވެ.

ނަމަވެސް ކޮންމެ އެއްޗެއްވެސް ބޭނުން ކުރުމުގައި ހައްދެއް ގެންގުޅެންޖެހޭ ބީދައިން ދޮންކެޔޮ ކެޔުމުގައި ވެސް ހައްދުފަހަނައަަޅައިފިނަމަ އެއިން ގެއްލުމެއް ލިބިދާނެކަން ހަނދާންކުރަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން