ރަޝިޔާއިން ތިބީ ހަގީގަތް ހާމަކުރާ ނޫސްވެރިންދެކެ ބިރުންކަމަށް ޔުކްރެއިނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ޒެލެންސްކީ މިހެން ވިދާޅުވެފައިވަނީ ރަޝިޔާއިން ޔުކްރެއިނު ހިފުމާ ބެހޭގޮތުން ދިން އިންޓަރވިއުއެއް ރަޝިޔާގެ އާންމުންނަށް ދެއްކުން މަނާ ކުރަމުންދިއުމާއި ގުޅިގެންނެވެ.
ރަޝިޔާގެ ނޫހަކަށް ޒެލެންސްކީ ދިން އިންޓަރވިއުއެއް ރަަޝިޔާގައި އާންމު ކުރުން މަނާކޮށް، އަދި އެހެން ބްރޯޑްކާސްޓަރުންވެސް މި އިންޓަރވިއު އާންމު ކުރުމަށް މަނާ ކުރަމުންދާއިރު، އިންޓަރވިއު އާންމު ކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެކަމަށް ރަޝިޔާގެ ސަރުކާރުން ދަނީ ބުނަމުންނެވެ.
މިކަމަށް ރައްދުދެއްވައި ޒެލެންސްކީ ވިދާޅުވީ ތެދު ހަގީގަތް ހާމަކުރުމަށް ރަޝިޔާއިން ބިރުގަންނަކަމަށެވެ. އަދި ރަޝިޔާގެ އަމާޒަކީ މައުލޫމާތު ހާމަކުރުމާއި ލިބިގަތުމުގެ މިނިވަންކަން ނިގުޅައިގަތުންކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. އަދި ޒެލެންސްކީ ވަނީ ރަޝިޔާގެ ވެރިންނަކީ މާމޮޅުބަޔަކަށް ހެދިގެން އުޅުނެއްކަމަކު ނޫސްވެރިންނާ ވާހަކަ ދައްކާލަންވެސް ނުކެރޭ ބައެއްކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.
ނަމަވެސް ރަޝިޔާގެ ރައީސް އޮފީހުގެ އިސްތަރުޖަމާނު އިއްޔެ ސީއެންއެންއަށް ދިން އިންޓަރވިއުއެއްގައި ރަޝިޔާ އިން އޮތީ ބިރުން ނޫންކަމަށް ވިދާޅުވެފައިވެއެވެ. އަދި ކޮންމެ ކަމަކަށްވެސް ވަކި ކަހަލަ ގާނޫނު ތަކެއްް ހެދިފައި އޮތުމުން ގާނޫނާ ހިލާފު މައުލޫމާތު އާންމު ކުރުމަކީ އެންމެ ރަނގަޅު އުސޫލު ނޫންކަން ދެނެގަތުން މުހިންމު ކަމަަށް ފާހަގަކޮށްފައިވެއެވެ.
ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާއެކު ރަޝިޔާ އާއި ދެކޮޅަށް ހަބަރު ފަތުރާ މީޑިއާތަކާމެދު ރަޝިޔާއިން ދަނީ އެކިކަހަލަ ހުރަސްތައް އަޅަމުންނެވެ. އެގޮތުން ހަމަލާތަކުގެ މައުލޫމާތު ހާމަކުރާއިރު ރަޝިޔާއިން ޔުކްރެއިނު ހިފަން އުޅެނީކަމަށް ބުނެ ހަބަރު ނުފެތުރުމަށްވެސް ރަޝިޔާގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިހަމަލާތަކާ ދެކޮޅަށް ކުރާ މުޒާހަރާތަކުން ނުބައި މާނައެއް ނެގޭގޮތަށް ހަބަރު ނުފެތުރުމަށްވެސް ރަޝިޔާގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ރަޝިޔާ ސަރުކާރުން އަންގާ މިފަދަ އެންގުންތަކާއި ހިލާފުވި އެތައް ނޫސްވެރިންނަށް މިހާތަނަަށް ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު