ޕާކިސްތާނުގެ ބޮޑުވަޒީރުގެ އިތުބާރުނެތްކަމުގެ ވޯޓުނަގާ ޖަލްސާ ބޮއިކޮޓް ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ ވެރިކަންކުރާ ޕާޓީގެ މެމްބަރުންގެ ކިބައިން ބޮޑުވަޒީރު އެދިވަޑައިގެންފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން މިފަދައިން އެދިވަޑައިގެން ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުންނަށް ސިޓީއެއް ފޮނުއްވާފައިވަނީ، ބޮޑުވަޒީރު މަގާމުން ވަކިކުރުމަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި ތާވަލުކޮށްފައިވަނިކޮށެވެ.
އިދިކޮޅު ފަރާތްތަކުން ބޮޑުވަޒީރު އިމްރާން ޚާން މަގާމުން ވަކިކުރުމަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ހުށައެޅި ހުށައެޅުން ބަލައިގަނެފައިވާއިރު، މިހުށައެޅުމަށް ބަހުސްކުރުން މާދަމާ ފެށޭނެއެވެ.
އަދި މި ބަހުސަށްފަހު ނަގާ އިތުބާރުނެތްކަމުގެ ވޯޓުގައި ބައިވެރި ނުވުމަށް ޕާކިސްތާނުގެ ވެރިކަންކުރާ ޕާޓީގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން ބޮޑުވަޒީރު އިމްރާން ޚާން ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން ވޯޓުލުން ކުރިއަށްދާ މަޖިލީސް ޖަލްސާއަށް ހާޒިރުނުވުމަށްވެސް ބޮޑުވަޒީރު އިމްރާން ޚާން ވަނީ އެދިވަޑައިގެންފައެވެ.
އަދި މިއެދިވަޑައިގެންނެވުމާ ހިލާފުވާ މެމްބަރުންނަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ އިންޒާރު ދެއްވާފައެވެ.
އިދިކޮޅު ފަރާތްތަކުން ބޮޑުވަޒީރު އިމްރާން ޚާން މަގާމުން ވަކިކުރުމަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ހުށައަޅާފައިވަނީ އެގައުމުގެ އިގްތިސާދީ ހާލަތު ގޯސްވާންޖެހުނީ ބޮޑުވަޒީރުގެ ސަބަބުންކަމަށް ތުހުމަތުކޮށެވެ. މިވޯޓު ކާމިޔާބު ކުރުމަށް ބޮޑުވަޒީރާ ދެކޮޅަށް 172 ވޯޓު ބޭނުންވާނެއެވެ.
2018 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް އިމްރާން ޚާން މަގާމާ ހަވާލުވެޑައިގެންފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ 176 ވޯޓުގެ އަގުލަބިއްޔަތު ލިބިވަޑައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު